އައްޑޫ ސިޓީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތާއި ކިޑްސް ސްވިމިން ފެސްޓިވަލް އަންނަ މަހު

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އައްޑޫ ސިޓީގައި ބާއްވާ ސްކޫލްކުދިންގެ ހަތަރުވަނަ ފެތުމުގެ މުބާރާތާއި ދެވަނަ ކިޑްސް ސްވިމިން ފެސްޓިވަލް އަންނަ މަހު ބާއްވާ ގޮތަށް ނިންމައިފިއެވެ. އައްޑޫ ސިޓީ ހިތަދޫ ޓްރެކްގައި ކުރިއަށްގެންދާ އެ ދެ މުބާރާތުގެ ތެރެއިން ސްކޫލްކުދިންގެ ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11އިން 15ގެ ނިޔަލަށެވެ. އަދި ކިޑްސް ސްވިމިން ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 8އިން 9ގެ ނިޔަލަށެވެ. އައްޑޫ ސިޓީގައި ކުރިއަށްގެންދާ ސްކޫލްކުދިންގެ ފެތުމުގެ މުބާރާތާއި ކިޑްސް ސްވިމިން ފެސްޓިވަލަކީ އެ ސިޓީގެ ސްކޫލްތަކަށް ހުޅުވާލެވިގެން އައްޑޫ ސިޓީގައި ބޭއްވޭ މުބާރާތެކެވެ. ކިޑްސް ސްވިމިން ފެސްޓިވަލް ކުރިއަށްދާނީ ތިން އުމުރުފުރާއެއްގެ މެދުގައެވެ. އެއީ ހަ އަހަރުންދަށް، އަށް އަހަރުންދަށް އަދި ދިހަ އަހަރުންދަށެވެ. ސްކޫލްކުދިންގެ ފެތުމުގެ މުބާރާތުގައި ކުރިއަށްދާ އުމުރުފުރާތަކަކީ 12 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށެވެ. އެ ހަތަރު އުމުރުފުރާގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި ބައިވެރިވާން އެދޭ އައްޑޫ ސިޓީގެ ސްކޫލްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ