"ފިނި ހަވީރު" މުބާރާތުގެ އެންމެ މޮޅު 30 ވާހަކަ ހޮވައިފި
މި ރޯދަ މަހު "ހަވީރު" ން ކުރިއަށް ގެންދާ "ފިނި ހަވީރު" ކުރު ވާހަކަ މުބާރާތަށް ހުށަހެޅި ވާހަކަތަކުގެ ތެރެއިން މުބާރާތަށް ހޮވި އެންމެ މޮޅު 30 ވާހަކަ ފަނޑިޔާރުން ކަނޑައަޅައިފި އެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ވަނީ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެކި ފަރާތްތަކުން ފޮނުވި ވާހަކަތަކުގެ ތެރެއިން ރޯދަމަހުގެ ކޮންމެ ދުވަހަކު ޖަހަން ކަނޑައެޅި 30 ވާހަކަ ހޮވީ 70 އަށް ވުރެ ގިނަ ވާހަކައިގެ ތެރެއިންނެވެ. ވާހަކަ މުބާރާތުގެ މެއިން ސްޕޮންސަރު ނޮލެޖް ބުކްޝޮޕް "ފިނި ހަވީރު"ގެ ސްޕޮންސަރަކީ ފޮތާއި ލިޔަންކިޔަން ބޭނުންކުރާ ތަފާތު އެއްޗެހި ރާއްޖޭގައި ވަރަށް ފުޅާކޮށް ވިއްކަމުން އަންނަ ނޮލެޖް ބުކްޝޮޕެވެ. މި މުބާރާތުގެ ފަނޑިޔާރުން ވިދާޅުވީ ކުރީ އަހަރަށް ވުރެ މި އަހަރު ލިބިފައިވާ ވާހަކަތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިފަހަރު ތަފާތު ވައްތަރުގެ ވާހަކަތައް ވެސް ގިނަ ކަމަށާއި އެހެންވެ މިއީ ވާދަވެރިކަން ބޮޑު މުބާރާތަކަށް ވާނެ ކަމަށް ވެސް ފަނޑިޔާރުން ގަބޫލުކުރައްވަ އެވެ. މި އަހަރު މި މުބާރާތަށް ފަނޑިޔާރުކަން ކޮށްދެއްވާނީ ހަވީރުގެ އެޑިޓަރު މޫސާ ލަތީފާއި "ހަވީރު"ގެ ވާހަކަ ލިޔުންތެރިޔާާ ބިންމާ އިބްރާހިމް ވަހީދާއި "ހަވީރު"ގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދެވެ. މި މުބާރާތުގެ އެއް ވަނަ އަށް ދާ ލިއުންތެރިޔަކަށް 10،000ރ. ވަނީ ހުށަހަޅައިފަ އެވެ. ދެ ވަނަ އަށް 5،000ރ. އަދި ތިން ވަނަ ލިއުންތެރިޔާ އަށް 2،500ރ. ލިބޭނެ އެވެ. އެއް ވަނަ އަށް ދާ ލިއުންތެރިޔާ ބޭނުން ނަމަ "ހަވީރު"ގައި ވާހަކަ ލިޔުމުގެ ފުރުސަތު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. މުބާރާތަށް ހޮވުނު ވާހަކަތައް ޝާއިއުކުރަމުން ގެންދާނީ ތިރީގައިވާ ތަރުތީބުން، ކޮންމެ ދުވަހަކު ވާހަކައެކެވެ. އެކަމަކު ވާހަކަތަކުގެ ނަންތައް މި ހާމަކުރަނީ، މާކްސް ލިބުނު ތަރުތީބަކުންނެއް ނޫނެވެ. ވާހަކަތައް ޝާއިއުކުރަން ހަމަޖެހިފައިވާ ތަރުތީބުންނެވެ. ބުނެދެވޭނެނަމައެވެ. ދަރުސްއެފިނި މެންދަން އެހީތެރިޔާމަގޭ ސުވަރުގެދަތުރު ނާމާމަސް ދެކެ ލޯބިވި ދޮންރަހާޤާތިލުލޯބިވީ އޭނާ ދެކެއެއް ނޫނެވެ.ކަސިޔާރުއަނެއްކާވެސް...2064ހިމާޔަތްވަންނިކަސްތޮޅުއަންހެނަކަސް އެއީ ފިސާރި އަންހެނެކެވެ.ބޭވަފާކުށްވެރިއަކީމެވެ.ބަދަލުވި ހަޔާތްލޯބިވީމެވެ! ލޯބިވަމެވެ!ސަބާހަސަދައިގެ ހުޅުއަހަންނަށްޓަކައެވެ!.....ކަޅުފޮއިރޭއެހަނދާންތަކުގައި...ބަރުބާދުވި ޙަޔާތްހަރު އަޑުން ރޮވޭ!ޤުރުބާނީއަނެއް ފަރާތްއިޙްސާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ