މިހާރަށް ވުރެ ހަރަދު ކުޑަކޮށް އައްޑު އަށް ކަރަންޓް ފޯރުކޮށްދޭން ޖަޕާންގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

މިހާރަށް ވުރެ ހަރަދު ކުޑަކޮށް، ޑީސަލް ބޭނުންކޮށްގެން މުޅި އައްޑު އަށް އެއް ނެޓްވޯކަކުން ކަރަންޓް ދެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ ޝައުގުވެރިކަން ޖަޕާނުގެ ކުންފުންޏަކުން ފާޅުކޮށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަން ފަށައިފި އެވެ. އެ ކުންފުންޏަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބެ އިބްރާހީމް ނާޝިދު ޗެއާމަންގެ މަގާމު ފުރުއްވާ ރިނިއުބަލް އެނާޖީ މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރާ ޖަޕާންގެ އައިއެޗްއައި ކޯޕަރޭޝަނެވެ. ޑރ. ނާޝިދާ އެކު އައިއެޗްއައިގެ ޓީމެއް އައްޑު އަށް ވަޑައިގެން ކަމާ ބެހޭ ފަރާތްތަކާ އެކު މިހާރު ގެންދަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލާ އެ ޓީމުން ވަނީ ބައްދަލުކޮށްފަ އެވެ. ޑރ. ނާޝިދާއި ޖަޕާންގެ އައިއެޗްއައިގެ ޓީމުން އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ކުރަނީ: ބޭނުމަކީ ހަކަތައާ ގުޅޭ މަޝްރޫއެއް ކުރިއަށް ގެންދިއުން. ފޮޓޯ/ ކައުންސިލް މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި އައްޑޫގައި ހިންގާ ރިސޯޓްތަކާ ވެސް މަޝްވަރާ ކުރަން ވަނީ ނިންމައިފަ އެވެ. މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ އައިއެޗްއައިގެ މި މަޝްރޫއަކީ ޖަޕާން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅައިގެން ލިބޭ ހުއްދައެއްގެ މައްޗަށް ފަންޑް ހޯދައިގެން ކުރިއަށް ގެންދަން ރާވާ މަޝްރޫއެއް ކަމަށެވެ. "ރާއްޖޭގައި އެ ކުންފުނިން މިފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ބޭނުންވެގެން އައްޑޫގައި މި ކަހަލަ މަޝްރޫއެއް ފަސޭހަކަމާ އެކު ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލް ކުރެވިގެން އެ ކުންފުނީގެ ޕްރޮޕޯސަލް އައްޑު އަށް ބިނާ ކުރަން ނިންމީ. އައްޑޫގެ ބޮޑު ބައެއް އެއްފަސްކޮށް ގުޅިފައި އޮތުމާއި ބާކީ ހުރި ސަރަހައްދުތައް ވެސް އެއް ނެޓްވޯކަކުން ފަސޭހަކަމާ އެކު ގުޅާލައި، ޑީސަލް ބޭނުންކޮށްގެން މިހާރަށް ވުރެ މާ ބޮޑަށް ވެސް ހަރަދު ކުޑަކޮށް ކަރަންޓް ދެވޭނެ ނިޒާމެއް ގާއިމު ކުރުން މީގެ ބޭނުމަކީ،" ސޯބެ ވިދާޅުވި އެވެ. ޑރ. ނާޝިދާއި ޖަޕާންގެ އައިއެޗްއައިގެ ޓީމުން އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ކުރަނީ: ބޭނުމަކީ ހަކަތައާ ގުޅޭ މަޝްރޫއެއް ކުރިއަށް ގެންދިއުން. ފޮޓޯ/ ކައުންސިލް "މި ނެޓްވޯކުގެ ދަށުން އައްޑޫގެ މީހުން ދިރިއުޅޭ ހުރިހާ އަވަށްތަކާއި ހެރަތެރަ ރިސޯޓާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓަށް ވެސް ކަރަންޓް ފޯރުކޮށް ދެވޭނެ ޕްލޭންތަކެއް އެ މީހުން ގެންގުޅެނީ." މޭޔަރު ވިދާޅުވީ އައިއެޗްއައި އިން ރާވާފައިވާ މަޝްރޫއަށް ކައުންސިލުން ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަމަށެވެ. "އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލް ކުރަން ޖަޕާންގެ ތަޖުރިބާ ހުރި ކުންފުންޏަކުން ވަރަށް އެކަށީގެންވާ ގޮތެއްގައި މިފަދަ މަޝްރޫއެއް ކުރިއަށް ގެންދެވިދާނެ ކަމަށް،" ސޯބެ ވިދާޅުވި އެވެ. ޑރ. ނާޝިދާއި ޖަޕާންގެ އައިއެޗްއައިގެ ޓީމުން އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ކުރަނީ: ބޭނުމަކީ ހަކަތައާ ގުޅޭ މަޝްރޫއެއް ކުރިއަށް ގެންދިއުން. ފޮޓޯ/ ކައުންސިލް "އަދި މިކަމަކީ މުސްތަގުބަލުގައި އައްޑޫގައި ފެށިގެން ދާނެ މަޝްރޫއެއް ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އެ ބޭފުޅުން ވިދާޅުވި ޕްރޮޕޯސަލް ތައްޔާރުކޮށް ވަރަށް އަވަހަށް ޖަޕާން ސަރުކާރަށް ހުށަހަޅާނެ ކަމަށް." ޖަޕާންގެ އައިއެޗްއައި ކޯޕަރޭޝަނަކީ ހަކަތައާ ގުޅުން ހުރި ތަފާތު މަސައްކަތްތައް ކުރަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އެ ކުންފުނި އުދައްދާފައި ވަނީ މީގެ 161 އަހަރު ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ