ބައި އިލެކްޝަންތައް ކާމިޔާބު ކުރުމުގެ ސަބަބުން އަވަސް އިންތިހާބުގެ ވާހަކަތައް ފަނޑުވެއްޖެ: ރައީސް މައުމޫން

ފެބްރުއަރީ ހަތްކުން ފެށިގެން ރާއްްޖޭގައި ވެރިކަންކުރަމުން އަންނަ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ސަރުކާރު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން މިފަހުން ބާއްވާފައިވާ ބައި އިލެކްޝަންތައް ކާމިޔާބު ކުރުމުގެ ސަބަބުން މިހާރު އަވަސް އިންތިހާބުގެ ވާހަކަތައް ވަރަށް މަޑުވެއްޖެ ކަމަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ވިދާޅުވީ މިހާރު އަވަސް އިންތިހާބެއް ބޭއްވިއްޖެކަމަށާއި ތިމަރަފުށި ދާއިރާ އާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނަނާއި އަދި ކުމުންދޫ އާއި މާފަރު ރަށުކައުންސިލްގެ ބައި އިލެކްސަނަކީ އަވަސް އިންތިހާބުތައްކަމަށެވެ. އަދި މި އިންތިހާބު ތަކުގެ ނަތީޖާ މިހާރުވަނީ ފެނިފައިވާ ކަމަށާއި، އެހެންވީމާ އަވަސް އިންތިހާބެއް ބޭއްވުމަށް ރާއްޖޭން ބޭރުގެ ފަރާތްތަކުން ބުނަމުން އައި އަވަސް އިންތިހާބުގެ ވާހަކަ އެމީހުން މިހާރު ދައްކަން ބޭނުން ނުވާކަމަށެވެ. ދެންވެސް އަވަސް އިންތިހާބެއް ބޭއްވިއަސް ނަތީޖާ ނުކުންނާނެ ގޮތް އެއޮތީ ފެންނަށް ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ޕީޕީއެމް އަކީ އެންމެ ޒުވާނުން ގިނަ ޕާޓީއަކަށް ހެދުންކަމަށާއި މިގޮތައް ކަންތައްތައް ދާކަމަންވަންޏާ ދެން ޕީޕީއެމް ގައި ތިބޭނީ ހައްތަހާވެސް ޒުވާނުން ކަމަށެވެ. އަދި ޕާޓީގައި މުސަކުޅިއަކަށް ހުންނާނީ އެމަނިކުފާނު އެކަނިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ