މެމްބަރު ނަސީމްގެ ފަރާތުން ތުލުސްދޫ ދާއިރާގެ ކޮންމެ މީހަކަށް މާސްކެއް!

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް، އެ ދާއިރާގައި ހިމެނޭ ހަތަރު ރަށުގެ ކޮންމެ މީހަކަށް، ދޮވެގެން ބޭނުންކުރެވޭ ވައްތަރުގެ މާސްކެއް ހަދިޔާ ކުރައްވަން ނިންމަވައިފިއެވެ.
ނަސީމް "މިހާރު" ނޫހަށް ވިދާޅުވީ ހިންމަފުއްޓާއި ދިއްފުއްޓަށް، ކޮންމެ ރަށަކަށް 1000 މާސްކު ފޮނުވާފައިވާ ކަމަށެވެ. އަދި ތުލުސްދޫ ދާއިރާގައި ދެން ހިމެނޭ ހުރަ އާއި ތުލުސްދު އަށް މާދަމާ މާސްކްތައް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މާސްކްތައް އާންމުންނަށް ބެހުމަށް ނިންމާފައިވަނީ ކައުންސިލްތައް މެދުވެރިކޮށެވެ.
ނަސީމް "މިހާރު" އަށް ވިދާޅުވީ، އޭނާގެ ދާއިރާގެ ކޮންމެ މީހަކަށް މާސްކެއް ހަދިޔާ ކުރަން ނިންމެވީ، ލޮކްޑައުން އަށް ފަހު "ނިއު ނޯމަލް" އަށް ދާއިރު ބޭރުގައި އުޅެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވާތީ އެ ކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ނަސީމް މީގެ ކުރިން ވަނީ އޭނާ ދާއިރާގެ ރަށްތަކުގެ ޓާސްކް ފޯސްތަކަށް ވެސް މާސްކާއި އަންގި ފޮނުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ