މެމްބަރު ނަސީމް، ތުލުސްދޫ ދާއިރާގެ ކޮންމެ މީހަކަށް މާސްކެއް ހަދިޔާ ކުރައްވަނީ

ނަސީމް ވަނީ، ހިންމަފުއްޓާއި ދިއްފުއްޓަށް 2،000 މާސްކް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެއީ ކޮންމެ ރަށަކަށް 1،000 މާސްކް. ތުލުސްދު އާއި ހުރަ އަށް މާދަމާ މާސްކްތައް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވޭ. މާސްކްތައް އާންމުންނަށް ބެހުމަށް ނިންމާފައިވަނީ ކައުންސިލްތައް މެދުވެރިކޮށް.
ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް، އެ ދާއިރާގެ ކޮންމެ މީހަކަށް، ގިނަ ދުވަހު ދޮވެގެން ބޭނުންކުރެވޭ ވައްތަރުގެ މާސްކެއް ހަދިޔާ ކުރައްވަން ނިންމަވައި ބެހުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ނަސީމް "މިހާރު" އަށް ވިދާޅުވީ، އޭނާގެ ދާއިރާގެ ކޮންމެ މީހަކަށް މާސްކެއް ހަދިޔާ ކުރަން ނިންމެވީ، ލޮކްޑައުން އަށް ފަހު "ނިއު ނޯމަލް" އަށް ދާއިރު ބޭރުގައި އުޅެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވާތީ
އެ ކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުގެ ދާއިރާގައި އެބައުޅޭ 5،000 އެއްހާ މީހުން. ކުދި، ބޮޑު އެންމެނަށް ވެސް ދޮވެގެން ބޭނުން ކުރެވޭ ވައްތަރުގެ މާސްކް ލިބޭނެ،" ނަސީމް ވިދާޅުވި އެވެ.
ނަސީމްގެ ދާއިރާގައި ހިމެނޭ ތުލުސްދޫން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ހިންމަފުށީގައި ހިންގާ ރިހެބް ސެންޓަރުން ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެ ދެ ރަށުގެ އާންމު ރައްޔިތުންގެ ތެރޭގައި އެ ބައްޔެއް ނުފެތުރެ އެވެ.
ނަސީމް ވިދާޅުވި ގޮތުގައި، ހިންމަފުއްޓާއި ދިއްފުއްޓަށް 2،000 މާސްކް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެއީ ކޮންމެ ރަށަކަށް 1،000 މާސްކެވެ. ދެން ތުލުސްދޫ ދާއިރާގައި ހިމެނޭ ހުރަ އާއި ތުލުސްދު އަށް މާދަމާ މާސްކްތައް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މާސްކްތައް އާންމުންނަށް ބެހުމަށް ނިންމާފައިވަނީ ކައުންސިލްތައް މެދުވެރިކޮށެވެ.
"އަޅުގަނޑުގެ ދާއިރާގައި އެބައުޅޭ 5،000 އެއްހާ މީހުން. ކުދި، ބޮޑު އެންމެނަށް ވެސް ދޮވެގެން ބޭނުން ކުރެވޭ ވައްތަރުގެ މާސްކް ލިބޭނެ،" ނަސީމް
ނަސީމް މީގެ ކުރިން ވަނީ އޭނާ ދާއިރާގެ ރަށްތަކުގެ ޓާސްކް ފޯސްތަކަށް ވެސް މާސްކާއި އަންގި ފޮނުއްވައިފަ އެވެ.
ނަސީމަކީ އޭނާގެ ދާއިރާގައި ކުރިމަތިވާ ބޮޑެތި ކަންތައްތަކަށް އަބަދުވެސް އެހީތެރިވަމުން ގެންދަވާ ބޭފުޅެކެވެ.
ހިންމަފުއްޓަށް މާސްކްތައް ލިބުމާ ގުޅިގެން އެ ރަށުގެ މީހަކު ބުނީ، ނަސީމަކީ އެހެން މެމްބަރުންނާ ޚިލާފަށް ދާއިރާ އަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ، އަބަދުވެސް އެހީތެރިކަން ދެއްވުމުގައި ނަމޫނާ މެމްބަރެއް ކަމަށެވެ،
"އަޅުގަނޑުމެންނަށް ލިބިފައި ވަނީ ނަމޫނާ، ލާމަސީލު މެމްބަރެއް. ދާއިރާގެ ރަށްތަކަށް ކުރިމަތިވެފައިވާ މި ކަހަލަ ކިތަންމެ ކަމެއްގައި ނަސީމް މީގެ ކުރިން ވެސް އެހީތެރިކަން ދެއްވާފައި އެބަހުރި،" އޭޏާ ވިދާޅުވި އެވެ.
ކޮވިޑް-19އާ އެކު އުޅެން ދަސްކުރުމުގެ ގޮތުން ނިއު ނޯމަލްއަށް ތައްޔާރު ވާން ޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މީހުންގެ ތެރެއަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއެކު މާސްކް ފަދަ ތަކެތި ބޭނުން ކުރަން ޖެހެ އެވެ.
ރާއްޖޭން މިހާތަނަށް 1,186 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 91 މީހަކު ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ