އިއްޔެ ކުރިއަށްދިޔަ އެމް.ޑީ.ޕީ މަޖިލިސް ޕްރައިމަރީގައި މަޑުއްވަރީ ދާއިރާގެ ޓިކެޓު ކާމިޔާބުކުރި ރ. މަޑުއްވަރީ ލިލީމާގެ އާދަމް ޝިހާމްއަށް މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ހުރިހާ މެމްބަރުންވެސް މަސައްކަތްކޮށްދިނުމަށް އާދަމް ޝިހާމާއި ވާދަކޮށް ނާކާމިޔާބީއާއި ކުރިމަތިލި އެމް.ޑީ.ޕީ މަޑުއްވަރީ ދާއިރާގެ ރައީސް މުސާ އަލީ މަނިކު ގޮވާލައިފިއެވެ.
މޫސާ ރޭކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ "އަޅުގަނޑުމެން ފެށި މަސައްކަތް އަދި ނުނިމޭ، މޮޅުވި ކެންޑިޑޭޓު އާދަމް ޝިހާމްގެގެ ފަހަތުގައި ގޮނޑި ކާމިޔާބުކުރުމަށް ހުރިހާ މެމްބަރުންވެސް ހިތްވަރާއިއެކު މަސައްކަތްކޮށްދިނުން އެދެން" މިހެންނެވެ. މޫސާގެ މި ނިންމުމަށް ގިނަ ބަޔަކުވަނީ މޫސައަށް ތަޢުރީފްކޮށްފައެވެ.
އިއްޔެ ކުރިއަށްދިޔަ ޕްރައިމަރީގައި އާދަމް ޝިހާމަށް 453 ވޯޓު ލިބިފައިވާއިރު މޫސާ އަލީ މަނިކަށް ލިބިފައިވަނީ 429 ވޯޓެވެ. އިއްޔެ ކުރިއަށް ދިޔަ ޕްރައިމަރީގެ ވޯޓުލުން މީދޫ އަދި މަޑުއްވަރީގައިވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް އަމަން އަމާންކަންމަތީގައިކަން ފާހަގަކޮށްލެވެއެވެ.
މޫސާ އަލީ މަނިކުވެސް އާދަމް ޝިހާމްގެ ފަހަތަށް، އެދެނީ ދާއިރާގެ ގޮނޑި އެމް.ޑީ.ޕީއަށް ލިބުމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ