އެމްޑީޕީގެ އިންތިޒާމް ކޮމިޓީގެ މުގައްރިރަކަށް ޒިޔައްޓޭ

އެމްޑީޕީގެ އިންތިޒާމްކުރުމާ ބެހޭ ކޮމިޓީގެ މުޤައްރިރަކަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އެގްޒެކެޓިވް ސެކްރެޓަރީ މުޙައްމަދު ޒިޔާދު (ޒިޔައްޓޭ) އައްޔަންކޮށްފި އެވެ.
ޒިޔައްޓޭ އެ ކޮމެޓީގެ މުގައްރިރަކަށް އައްޔަން ކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ އިފްތިތާހީ ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި މުގައްރިރުގެ އިތުރުން ނާއިބު މުގައްރިރު ވެސް ވަނީ އައްޔަން ކުރި އެވެ. ކޮމެޓީގެ ނާއިބު މުގައްރިރަކަށް އައްޔަންކޮށްފައިވަނީ ޑީއާރްޕީ އިން ވަކިވުމަށްފަހު އެމްޑީޕީ އާއި ގުޅުމުން ޓްރާންސް ޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފައިވާ ހަސަން ސުޖާއުއެވެ.
މި ކޮމެޓީއަކީ ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއްކަމަށް އެމްޑީޕީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ