ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އޭނާގެ މަގާމުން އިސްތިއުފާދެއްވުމަށް ސިޓީ ހުށަހަޅުއްވައިފިއެވެ.
އިތުބާރު ހިފޭ ފަރާތަކުން "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝުޖޫން މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައިވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. ޝުޖޫން ވަނީ ޖޭއެސްސީގެ އިތުރުން ސިވިލް ކޯޓަށްވެސް މިކަން އަންގާފައެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމި ސަބަބެއް ސާފެއް ނުވެއެވެ.
ޝުޖޫން އޭނާގެ މަގާމުން ވަކިވާން ނިންމާފައިވާއިރު ރިޝްވަތުގެ ގޮތުގައި މީހަކު އޭނާ އަށް ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވިދާޅުވުމާ ގުޅިގެން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފު ވެފައިވޭތޯ ބަލަން ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ފަށާފައިވެއެވެ.
ސިވިލް ކޯޓުގެ ގާޒީ ޝުޖޫން އިސްތިއުފާ ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ