އައްޑޫ ރައްޔިތުން ކައިރިއަށް ގޮސް ވޯޓު ދޭށޭ ބުނަން ރައީސް ޔާމީން ލަދުގަންނަން ޖެހޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ހިތަދޫގައި އިއްތިހާދުން ބޭއްވި ޚާއްސަ ޖަލްސާގައި ވީޑިއޯ ލިންކެއް މެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އައްޑޫ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އައްޑޫ ރައްޔިތުންނަކީ ޔާމީނުގެ ވެރިކަމުގެ ހިތަ ރަހަ ވަރަށް ބޮޑަށް ތަޖުރިބާކުރަމުން ގެންދާ ބައެއްކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ ޔާމީން ހިންގަވާފައިވާ ކުށްތަކަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގަންނަވާއިރުވެސް މުވައްސަސާތަކުން އެމައްސަލަ ތަހުގީގު ނުކުރާތީ ސުވާލު އުފެދޭ ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަން ވަބާ އެއްގެ ގޮތުގައި ސިފަކުރައްވައި އެކަމުން ސަލާމަތްވާން އެބަޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިވަބާއިން މިންޖުވުމަށް އޮތް މަގަކީ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހަށް ސެޕްޓެމްބަރު ތޭވީހުގައި ރައްޔިތުން ވޯޓު ދިނުން ކަމަށެވެ.
ހިތަދޫ ޖޭޕީ ޖަގަހައިގައި ކުރިއަށްދާ މި ޖަލްސާގައި ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމްދީދީ އާއި އައްޑޫގެ މޭޔަރު ސޯބެވެސް ބައިވެރިވެވަޑައިގަންނަވެއެވެ. މީގެ އިތުރުން އިސްލާހަށް ލޯބިކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުންވެސް މިޖަލްސާގައި ބައިވެރިވެއެވެ. ތަފްސީލު އަންނަނީ
އައްޑޫއަށް ގޮސް ވޯޓު ދޭށޭ ބުނަން ޔާމީނު ލަދުގަންނަން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ