ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ ކަަމަށެވެ.
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތް ދަ ޑިމޮކްރެޓްސްގެ އިސް ވެރީންނަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ފާއިތުވި ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގެން ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދަވައި އެމްޑީޕީ ރޫޅައިލައްވާނެކަމުގެ އިންޒާރު ދެއްވި އެ ޕާޓީގެ ކުރީގެ ބައެއް ވެރިން އަނބުރާ އެމްޑީޕީއަށް ވަނީ ވަޑައިގެންފަ އެވެ.އެމްޑީޕީއަށް އަނބުރާ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ނައިބުރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި އެމްޑީޕީ ވެރިކަމުގައި ހުންނެވި މުހައްމަދު ޝިފާޒާއި، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުހައި ހުންނެވި ހަސަން ލަތީފް ވެސް ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރައްވާފަ އެވެ.އެ ދެ ބޭފުޅުންގެ އިތުރަށް އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވައި އެ ޕާޓީގެ މެނިފެސްޓޯތައް އެކުލަވައިލުމުގައި އިސްކޮށް މަސައްކަތްކުރެއްވި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓުކަންވެސް ކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރުވެސްވަނީ އަނބުރާ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.ފައްޔާޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅާ ޕާޓީއަކީ އެމްޑީޕީ ކަަމަށެވެ. "ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކާ މި ޕާޓީން ކުރަމުން ގެންދާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަަށް މި ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން،" އިދިކޮޅު މައި ޕާޓީ ހިންގެވުމުގެ ޒިންމާ އޮތް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އެމްޑީޕީއާ ގުޅުނު ޑިމޮކްރެޓްސްގެ ވެރީންނަށް ޗެއާޕާސަންގެ މަރުހަބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ