އެމްޑީޕީ ސަރުކާރުން އެޅި އިންޓަރނެޓް ކޭބަލް ވިއްކާލުމަށް، ޒަމީރު އިންޑިޔާއަށް ސިއްރު ދަތުރެއް ކޮށްފި

އެމްޑީޕީ ސަރުކާރުން އެޅި އިންޓަރނެޓް ކޭބަލް ވިއްކާލުމަށް، ޒަމީރު އިންޑިޔާއަށް ސިއްރު ދަތުރެއް ކުރައްވައިފި އެވެ. މި ދަތުރު ޒަމީރު ކޮށްފައިވަނީ، ރިލަޔަންސް ޖިއޯއިން އަޅަމުންދާ ކޭބަލްގައި ރާއްޖެއިން ބައިވެރިވެ ރާއްޖެ ކޮޅަށް އަޅާފައިވާ ކޭބަލް އަށް ވާ، ބާކީ ފައިސާ އިން ދައްކަންޖެހޭ 15 މިލިއަން ޑޮލަރު ސަރުކާރުން ނުދައްކައި، ގަސްތުގައި ކޭބަލްގެ މިލްކުވެރިކަން ގެއްލޭ ހިސާބަށް ގެންގޮސްފައެވެ. މިހެން ވުމުން، ރިލަޔަންސް ޖިއޯއިން އިން މި ކޭބަލް އިން ރާއްޖެއަށް ވީ ބައި ވިއްކާލާނެއެވެ. މުއިއްޒުގެ ސަރުކާރުން ދަނީ މި ވިއްކާލާ ބައި ގަންނާނެ ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެމީހުންނާއި އެކު ކޮރަޕްޝަންގެ ތެރެއިން މުއިއްޒަށް މުޅި އުމުރަށް ފައިދާ ވާނެ ފަދަ ޑީލެއް ހޯދުމަށެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އިންޓަރނެޓް އިންތިހާއަށް އަގުބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. ދިވެހި ސަރުކާރަށް މިލްކު ކުރެވެން އޮތް ކޭބަލްއެއް ދޫކޮށްލުމަކީ ޤައުމު ވިއްކާލުން ފަދަ ކަމެކެވެ. އޭރުން ދެން ބަރޯސާ ވާން ޖެހޭނީ، ރާއްޖެއަށް އަޅާފައިވާ ކޭބަލްގެ މިލްކުވެރި ފަރާތުން ސަރުކާރަށް ޚިދުމަތް ދޭ އަގެއްގެ މައްޗަށެވެ. ސަރުކާރުން އެ ޚިދުމަތް ގަތުމަށް ހަދާ އެއްބަސްވުން ވެގެންދާނީ، މުއިއްޒަށް އުމުރަށް ފައިސާ ލިބޭހެން ހެދޭ އެއްބަސްވުމަކަށެވެ.
އިންޓަރނެޓް އަގުހެޔޮ ކުރުމަށް އެމްޑީޕީ ސަރުކާރުން އެޅި ކޭބަލް އަށް ކުރީ ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ދީފައެވެ. ކޭބަލް އަޅައި ހުރިހާ ކަމެއް ނިމިފައިވާއިރު، ބާކީ އޮތް އެންމެ 15 މިލިއަން ޑޮލަރު ނުދައްކައި އެ ކޭބަލް ބޭރުގެ ބަޔަކަށް ރިޝްވަރު ނުގުމަށް ވިއްކާލަން ކުންފުނި ހޯދަށް އެކި ޤައުމުތަކަށް ސިއްރު ދަތުރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ