މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފައިވަނީ މެދު ރާއްޖެތެރޭ ރަށްތަކަށެވެ. އެގޮތުން މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި މެދުރާއްޖެ ތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން މިއަދު ބ. އަތޮޅާއި ވ. އަތޮޅު ދެމެދުގައިވާ ރަށްތަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު 17:30އާ ހަމައަށެވެ.
މީގެ އިތުރުން މިއަދު އިރުއޮއްސޭ ހިސާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި އިރު އުތުރާއި އިރުން 05 މޭލައި 15 މޭލައި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހެމުންދާކަމަށް މެޓުން މައުލޫމާތުދީފައިވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ