ބަރަހަނާކޮށް ބިރުދައްކާ ކޭސްކާޑު އަތުލާ ލާރިކޮޅު ފޭރިގެންފި

މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މީހަކަށް ބިރުދައްކާ ބަރަހަނާކޮށް ކޭސްކާޑު އަތުލާ ލާރިކޮޅު ފޭރިގެން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަަަށައިފި އެވެ.
މި މައްސަލަ ފުލުހަށް ހުށައެޅީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މާލޭގެ ގެޔަކަަށް މީހަކު ވައްދާ ބަރަހަނާކޮށް ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށް ފަހު އެކައުންޓުގައިވާ ފައިސާ ފޭރުނުގެ މައްސަލައެއް ހުށައަަޅާފައިވާ ކަމަަށެވެ.މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެކަކުގެ ބަންދަަށް 30 ދުވަސް އަނެއް މީހާގެ ބަންދަށް 60 ދުވަސް ވަނީ ޖަހާފަ އެވެ.މަގުމަތީން މީހުން ހުއްޓުވާ ބިރުދައްކައިގެން ތަންތަނަަށް ވައްދާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ