އެމްޑީޕީއަށް ނިސްބަތްވާ 12 މަޖިލިސް މެމްބަރުން އެ ޕާޓީން ވަކިވެ, ޕީއެންސީއާ ގުޅުނީ ހުށަހެޅުންތަކެއް ލިބިގެންކަން އެނގޭކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ ނައިބު އަނދުން ހުސައިން ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން އެކުގައި މަސައްކަތް ކުރި މެންބަރުންތަކެއް ޕާޓީން ވަކިވި ނަމަވެސް, އެ މެންބަރުންނާ އޮތް ގުޅުން ވަކިނުވާ ކަމަށެވެ. އަދި އެ މެމްބަރުން އެމްޑީޕީ އިން ވަކިވެ ޕީއެންސީ އާއި ގުޅުނީ މިވަގުތު ހާލަތު ހުރި ގޮތުން އެކަން ކުރަންޖެހިގެން ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.
ޕީއެންސީ އާއި އަލަށް ގުޅުނު އެމްޑީޕީ މީހުންނަށް ރިޝަވަތް ހުށަހަޅާފައިވާކަމަށް އެ ޕާޓީން ތުހުމަތުކޮށްފައިވާއިރު، އެމްޑީޕީ ޕީޖީ އިން ބުނީ އެކަން އެގުނު ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ ވިސްނުމެއް ނުގެން ގުޅޭކަމަށެވެ. އަދި އެފަދަ މަޝްވަރާއެއްް ޕީޖީ ގްރޫޕުން ކޮށްފައި ނުވާ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
އޭސީސީއަށް ދިޔުމުގެ މަޝްވަރާ ނުކުރަނީ މެމްބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް އިހްތިރާމް ކުރުމުގެ ގޮތުންކަން ފާހަގަކުރަމުން އެމްޑީޕީއިން ބުނީ މެމްބަރުންނާ މެދު ކަންތައް ކުރަންވާ ގޮތް ވިސްނަންވާނީ ދާއިރާގެ ރައްޔިތުން ކަމަށެވެ.
ރައީސް އަޒުލުކުރުމުގެ ވިސްނުމެއް އެމްޑީޕީއިން ނުގެންގުޅޭ: ސަލީމް މަރަދޫ މެންބަރު ޝަރީފް އެމްޑީޕީ އިން ވަކިވާން ނިންމަވައިފި “ދާއިރާގެ ދިރުމަށް” ސްލޯގަން އާއެކު އެމްޑީޕީގެ ޕްރައިމަރީ ގައި ޞޮބާ ވާދަކުރައްވަނީ! މެންބަރު ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ