ފިލިޕީންސްގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އޭޝިއާގެ ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.
ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި މި ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ އަދި ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ސުނާމީގެ ނުރައްކާ އޮތްކަމަށް ބުނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ ގޮތުގައި މި ބާރުގަދަ ބިންހެލުން އައިސްފައިވަނީ ފިލިޕީންސްގެ މިންޑަނާއޯ ރަށުގެ އައްސޭރިފަށަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 7:40 ހާއިރުގަ އެވެ. ބިންހެލުމުގެ ބާރުގަދަކަމުން ކައިރި ގައުމުތަކުގެ ކަނޑުގެ ލޮނުގަނޑަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް މާހިރުން އަންނަނީ ލަފާކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސަރުކާރުގެ އިދާރާތަކުން ވަނީ ނުރައްކާ އޮތް ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން މޫދަށް އެރި އުޅޭ މީހުން ވަގުތުން މޫދުން އެރުމަށާއި، އައްސޭރި ފަށުގެ ސަރަހައްދުތަކާއި ބަނދަރުތަކާ ދުރަށް ޖެހުމަށް ވަނީ އަންގާފަ އެވެ. އަދި އުސް ސަރަހައްދުތަކަށް ދިއުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާއެކު އޭޝިއާގެ ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ