52 ވަނަ ބަޔާ ގުޅޭ
މައިރާގެ
އަތަށް ކަށްޓެއް ހެރުނު ފަދައިން ފޯނު މޭޒުމައްޗަށް ދޫކޮށްލުމަށްފަހު ގޮނޑި
މައްޗަށް ކުރުކޮށްލި ދެފައިގައި ބައްދައިލި އެވެ.
***********
ކޯތާފަތުން
ނަގައިގަތް ދިލައާއެކު ލޮލަށް ޖަމާވި ފެންތައް ހިންދައިލުމަށްޓަކައި މައިރާ ދެލޯ
މަރައި ތަގުޅި ކޮށްލި އެވެ. މޫނުގެ އެއްފަޅިއަށް އެޅިފައިވާ އިސްތަށިތައް
އެއްފަރާތް ކޮށްލަމުން ހަށިގަނޑު ސީދާކޮށްލި ނަމަވެސް އޭނާ އިސް އުފުލައިލާކަށް
ނޫޅުނެވެ.
"ބަލާބަލަ
ހުރި ގޮތް ކުޑަކަން" ދަތްކުނޑި ވިކައިލަމުން ޒީނިޔާ ބުނެލި ޖުމްލައިގައިވި
ނަފްރަތުގެ ބަދަލުގައި މައިރާގެ ސަމާލުކަން ދެވުނީ އޭގައިވި ހިތާމައަށެވެ.
"ޒީނިޔާ!"
މުރުޝިދަށް ލިބުނީ ސިހުމެކެވެ.
"މުރުޝިދު
ހަޅޭއް ލަވާނެ ކަމެއް ނެތް! އަހަރެންނަށް އެނގެޔޭ ކަލޭމެން ދެމީހުން ރާވައިގެން
ކުރާ ކަމެއްކަން ތިއީ. ބައްޕަ ދުނިޔޭގެ ހުރީއްސުރެން މުރުޝިދުވެސް ތި ހުންނަނީ
މައިޝާން ބާކީ ކޮށްލެވޭނެ ދުވަހަކަށް ބަލަބަލައެއްނު. ބަލާބަލަ އޭނައަށް އެންމެ
ކުށެއް ކުރެވުނީމަ ބައްޕައާއި ދަރިއާ ދެމީހުން އޭނަ ބާކީކުރަން ހިފާލިވަރު"
ޒީނިޔާ ރޮއެގަތެވެ.
"މަންމާ..
ދޮންބެއަށް ކުރެވުނީ އެންމެ ކުށެއްތަ؟" މައިރާ
މަޑުމަޑުން އަހައިލި އެވެ. ކަންކަށިމަތީގައި ތަދު ނުފިލައި ހުއްޓެއްކަމަކު އޭނާ
މަންމަގެ މަގާމު ހަނދާން ނައްތައެއްނުލަ އެވެ.
"ދޮންބެގެ
އުމުރުން ނަވާވީސް އަހަރު ވަންދެން ހިތުހުރި ގޮތަކަށް އުޅުނުއިރުވެސް އަހަރެން
އެކަމަކާ އަޅައެއް ނުލަމޭ. މުޅި އާއިލާއާ ދެކޮޅަށްވެސް ދޮންބެއާ ގުޅުން ބޭއްވީމޭ..
އެކަމަކު ދޮންބެގެ އަމަލުތަކުން އެހެން މީހުންނަށް ގެއްލުންވާން ފެށީމަ އެކަމާ
އަޅާނުލާ ހުންނާނީ ކިހިނެއްތަ؟ ލީންއަށް ދިން އަނިޔާ
އަންހެނަކަށްވެހުރެ ހަނދާން ނައްތާލާނީ ކިހިނެއްތަ؟ ކާފަގެ އަމާނާތެއްގެ
ގޮތުގަ އޮތް ކުންފުންޏަށް ދިން ގެއްލުމަށް މަޢާފު ދެވޭނީ ކިހިނެއްތަ؟ ބައްޕައާއި
ހުސްނީއާ ދެމީހުން ތިބީތީ ދޮންބެއަށް މި ކުންފުނި ބޭނުންކޮށްގެން މަނީ ލައުންޑަރ
ނުކުރެވުނަކަސް ކުންފުނީގެ ލިކްއަރއިން ވައްކަން ނުކުރާ ކަމަކަށް ނުވާނެ!
ދޮންބެއަށް ބާރު ލިބުނު އެންމެ ތިންމަސް ތެރޭގަ ކާފައަށް ހިޔާނާތްތެރި ނުވާ
ކަމަކަށް ނުވާނެ! މިއަދު މި އަމާނާތް ހަވާލުވެފަ މި އޮތީ އަހަރެންނާ! ދޮންބެގެ
އެހާ ބޮޑެތި މައްސަލަތަކެއް ހިނގަމުންދާއިރު އަހަރެން ބޭނުމެއް ނުވޭ ދޮންބެ
ކުންފުނީގެ ބޯޑުގަ ބަހައްޓާކަށް!" މައިރާ ބުންޏެވެ.
"ޒީނިޔާ..
ތި ރުޅިމަޑުކޮށްފަ މައިރާ އެ ދައްކާ ވާހަކަ ގަބޫލުކޮށްބަލަ! މައިޝާންއަކީ
އަހަރެންގެވެސް ހުރި ހަމައެކަނި ފިރިހެން ދަރިއޭ! މައިރާގެ ހަމައެކަނި ދޮންބެ!
އަހަރުމެން ދެމީހުންނަށްވެސް ފަސޭހަ ނިންމުމެއް ނޫނޭ މިއީ.. އެކަމަކު މައިޝާންގެ
ހުރިހާ ހިއްސާއެއް ބޯޑަށް ނެގުން ނޫން ގޮތެއް ނެތް! މައިރާ އެ އައީ އިއްޔެވެސް
ވަކީލާ ވާހަކަ ދައްކާފަ. މައިޝާން ކުންފުންޏާ ދުރުކުރެވުނު ވަރެއް މިވަގުތަށް
ރަނގަޅީ" މުރުޝިދުވެސް
މައިރާގެ ވާހަކައަށް ތާއީދުކުރި އެވެ.
"އަހަރެންނަށް
އެނގެޔޭ މައިޝާން އަތުން އެ ހިއްސާކޮޅު ނަގާފަ ނަދާލްއަށް ނުދެވިގެންކަން ތި
އުޅެނީ! މަގޭ ދަރިއަކަށްވެސް ދަރިއެއްގެ ދަރިއަކަށްވެސް ހެވެއް އެދޭނެ އާއިލާއެއް
ނޫން މިއީ! މައިރާއަށްވެސް ގާތްވާނީ ދުރު މީހާ" ޒީނިޔާގެ ބޯހަރުކަމާމެދު
ބުނާނެ އެއްޗެއް ނޭނގި މުރުޝިދު ބޯ ހޫރައިލިއިރު މައިރާ އަނެއްކާވެސް މަސައްކަތް
ކުރީ ސުލްހަވެރިކަމާއެކު މަންމައަށް ވިސްނައިދެވޭތޯ އެވެ.
"މަންމާ..
ނެޑް ނޫނަކަސް އަޅުގަނޑަށްވެސް އެ ހިއްސާތައް ހޯދަން މަސައްކަތް ކުރެވިދާނެ.
މަލްއަށްވެސް އެ ހައްގު އެބަ އޮތް. އެކަމަކު އަޅުގަނޑު މިވަގުތު މި ހުރި މަގާމުގެ
ގޮތުން މަސްލަހަތަށް ބަލާފަ އެކަހަލަ ވާހަކައެއް އެހާ އަވަހަށް ނުދެއް-"
"ދަރިފުޅާ"
މުރުޝިދަށް ހިމޭނުން ނީނދެވިގެން މައިރާގެ ވާހަކަ މެދުކަނޑައިލި އެވެ. "މަންމަގާތު
ދެން އިތުރަށް ތިވާހަކަ ދައްކާނެ ކަމެއް ނެތް. ދަރިފުޅު ބޭނުން ގޮތަކަށް ކުރިއަށް
ގެންދޭ"
މުރުޝިދުގެ
ވާހަކައަށް އަދަބުވެރިކަމާއެކު ބޯ ޖަހައިލުމަށްފަހު މައިރާ އިށީނދެ އިން ސޯފާއިން
ތެދުވި އެވެ. އަދި ދަބަސް ކޮނޑުގައި އަޅުވައިލަމުން އެޕަރޓްމެންޓުން ނުކުތުމަށް
ހިނގައިގަތެވެ.
"ޒީނިޔާއަށް
ކިހިނެއް ވެފަތަ ތި ހުންނަނީ؟ މައިޝާންގެ ބަދަލުގަ
މައިރާކަހަލަ ރަނގަޅު ދަރިއަކު ލިބުނީމަވެސް ބަލައިގަންނަން ނޭނގިގެން ތި އުޅެނީ؟ އޭނައަކަށް
ނުވެސް ޖެހޭނެ އެކަން ކުރުމުގެ ކުރިން ޒީނިޔާއާ މަޝްވަރާކުރަން އަންނާކަށް.
ޒީނިޔާގެ އާނބަހަކާ ނުލައިވެސް އޭނައަށް އެކަން ނިންމޭނެ. ދޮންބެގެ ކަމަކިއްޔާ
މަންމަގާތު ބުނަންވާނެއޭ ކިޔާފަ އެ އައީވެސް އެ ދަރީގެ ރަނގަޅުކަމުން. ޒީނިޔާއާ
ދޭތެރޭ އޭނަ ވިސްނާތީ!" ލެއްޕެމުންދިޔަ ދޮރުގެ ދޭތެރެއިނު މުރުޝިދުގެ
އިވުމާއެކު އެދެމެދުގައި ދެކެވޭ ވާހަކަ އަޑު އެހުމަށްޓަކައި މައިރާއަށް ދޮރުގައި
ހިފަހައްޓައިލެވުނެވެ.
"ހެއް؟ އަހަރެންނާ
ދޭތެރޭ ވިސްނާތީއޭ؟ އެހެންވެތަ މަގޭ ހުރި
ހަމައެކަނި ފިރިހެން ދަރި އުމުރު ދުވަހު ޖަލުގަ ގެންގުޅެން ހިފާލާފަ އެހެރީ؟ ރިހޭ
ފައިމައްޗަށް ފޮއި ވައްޓާލާ އުސޫލުން މައިޝާންއަށް ގޮތް ހުސްވި ދުވަހު އަދި އެ
އައިލީންގެ އަތުގަ ހިފައިގެން މައްސަލަ ޖައްސަން ގެންދިޔައީ މައިރާއޭ!"
ޒީނިޔާގެ އަޑު އިވުނެވެ.
"ހެޔޮނުވާނެ
ޒީނިޔާ! އެއީވެސް މައިޝާން ނުކުރާ ކަމަކަށް ނުވާނެއެއްނު. ޒީނިޔާ އުޅޭގޮތުން ހީވާ
ކަހަލަ ޒީނިޔާގެ ހަމައެކަނި ދަރިއަކީ މައިޝާންއޭ! އެކުދިން ކުޑައިރުއްސުރެން
ޒީނިޔާ ތި އުޅެނީ އެހާވަރަށް އެ ދެކުދިން ތަފާތު ކޮށްގެން. ޒީނިޔާ ހަނދާން
ކޮށްލަބަލަ މައިޝާން ބޮލުގަ ލޯބިން ފިރުމާލިހެން މައިރާ ބޮލުގަ ފިރުމާލި ދުވަހެއް!
މައިރާ ގޮވައިގެން ދެމައިން އެކުގަ ބޭރަށް ގޮސްލި ދުވަހެއް ބުނެބަލަ! ދެން ޒީނިޔާ
ތި ކިޔަނީ އޭނަ ތިމަންނާއަށްވުރެ މައިރާ ގާތީ މާޒިޔާއާއޭ، ދޮންބެ ދައްތައާއޭ!
ނަދާލްއާއޭ!"
އެހިސާބަށް
ވާހަކަތައް ދިޔުމުން މައިރާ ސިއްރުސިއްރުން އެ ދޮރު ލައްޕައިލި އެވެ. މުރުޝިދު
އޭނާއަށް އެ ހަނދާން ކޮށްދިނީ އޭނާގެ ހިތުގައި ފަސްއަޅައި ވަޅުލާފައިވާ ޝަކުވާ ތަކެކެވެ.
އެބުނާ ތަފާތުކުރުންތަކުގެ ސަބަބުން ކުރިން ދެރަވި ކަމުގައިވިޔަސް މިހާރު އޭނާ
ވަނީ އެކަމަށް އާދަވެފަ އެވެ. ވުމާއެކު އެ ޝަކުވާތައް އަލުން ހިތުގައި ތިލަވާނެ
ޖާގައެއް ދޭކަށް އޭނާ ބޭނުމެއް ނުވި އެވެ. ތުން ފިއްތާލައިގެންހުރެ ލިފްޓަށް
އެރިއިރު މަސްނޫއީ ހިނިތުންވުމެއްވެސް ވެވޭނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެއާ
ޙިލާފަށް ޖެހިގެންހުރި ފަންގިފިލާއަށް ލިފްޓު ހުއްޓުނުހިނދު ނަދާލް އޭނާއާ
ބައްދަލުކުރީ މިއިން ޒަމާނަކު އެ މޫނުމަތިން ފެނިފައި ނުވާފަދަ ހިނިތުންވުމަކާ
އެކުގަ އެވެ.
"ޒެފް
ގުޅީތަ؟" ނަދާލް
ލިފްޓަށް އަރަމުން އަހައިލި އެވެ.
"ހްމްމް"
މައިރާ ބޯ ޖަހައިލި އެވެ. އޭނާ އިތުރު ވާހަކައެއް ދައްކަން ނޫޅުމުން ނަދާލްވެސް
ލިފްޓުގައި އަވަސް ރާގަކަށް ތުނބުން ފުމެލަ ފުމެލައި ހުރީ އެވެ.
"ދެން
ބުނެބަލަ. ކޮންކަމަކާ މާ އުފާވެފަ؟" ލިފްޓުން
ނުކުމެ ގަރާޖާ ދިމާލަށް ހިނގައިގަންނަމުން މައިރާ އެންމެފަހުން އަހައިލެވުނެވެ.
"މައި..
އަހަރެން ބުނާނަން ވާހަކައެއް.. އެކަމަކު މައި އަދި އެކަކު ގާތުވެސް ބުނެގެން
ނުވާނެ" ނަދާލް މައިރާގެ ކޮނޑަށް އެއް އަތް ވައްޓައިލަމުން ބުންޏެވެ. މައިރާ
ޖަވާބުގައި އެއްބުމަ އަރުވައިލި އެވެ.
"ވެލް..
ޝީ ސެޑް ޔެސް" ކާރާ އަރައި ހަމަވުމާއެކު ނަދާލް މައިރާގެ ކޮނޑުން އަތް
ދޫކޮށްލި އެވެ.
"ނެޑް
އައި ސްވެއަރ އިފް ދިސް އިޒް ވަން އޮފް ޔޯރ ޑެލިއުޝަނަލް ފެންޓަސީޒް" މައިރާ
ބޯ ހޫރައިލުމަށްފަހު ޑްރައިވަރު ސީޓަށް އަރައި ހަމަޖެހިލިއިރު ނަދާލް އަނެއް ފަރާތުން
ކުރީ ސީޓަށް އަރައިފި އެވެ.
"ނޫނެކޭ
މައި.. މިފަހަރު ހަމަ ހަގީގަތެކޭ.. ބަލާބަ" ނަދާލް ފޯނު ހުޅުވައިލުމަށްފަހު
އޭނާއާއި އައިލީން ރޭގައި އެކުގައި ނަގާފައިވާ ފޮޓޮއެއް ދައްކައިލި އެވެ.
އައިލީންގެ އިނގިލީގައި އޮތް އަނގޮޓި ސާފުކޮށް ފެންނާނޭ ހެނެވެ.
"ތި
ވެދާނެ އޭ-އައި އަށްވެސް" މައިރާ ބުންޏެވެ.
"ރިއަލީ؟ ހަމަ
އެހާވެސް ގަބޫލު ނުކުރެވޭތަ؟ ފޯރ ގޯޑްސް ސޭކް ވީ ހޭވް ބީން
ލިވިންގް ޓުގެދަރ ފޯރ މަންތްސް" ނަދާލް އަތް ހޫރައިލަމުން އަހައިލި އެވެ.
"އަގައިންސްޓް
ހަރ އޯން ވިލް މައިޓް އައި ސޭ؟ ދަ ޕުއަރ ގަރލް ޕްރޮބަބްލީ ގޮޓް
ސްޓޮކްހޯލްމް ސިންޑްރަމް" މައިރާ ކޮނޑު އަރުވައިލަމުން ކާރު އިސްޓާޓު ކޮށްލި
އެވެ.
"ހޫން
ދެން މައްސަލައެއް ނެތޭ!" ނަދާލް ލޮލަށް އަވިއައިނު ހެޔޮވަރު ކޮށްލަމުން
ސީޓުގައި ހަމަޖެހިލި އެވެ. "އަހަރެން ހިއެއް ނުކުރަން މައިއަށް ކިޔާރާ އަތުން
މައިޝާންގެ ކާރު އަތުލަން ކެރިދާނެ ކަމަކަށް. އައި ރިއަލީ ޑިޑް އަންޑަރއެސްޓިމޭޓް
ހައު ރުތްލެސް ޔޫ ކޭން ބީ"
ނަދާލްގެ
ވާހަކަތަކަށް ރައްދު ދިނުމުގެ ބަދަލުގައި މައިރާ ގަރާޖުން ކާރު ނެރެލުމަށްފަހު
ސަފާޔަރ ޔުނިވަރސިޓީއާ ދިމާލަށް މިސްރާބު ޖެހި އެވެ.
"އަހަރެންނަށް
ނޭނގޭނެ ކަމަށް ހީ ނުކުރައްޗޭ. ކޮންކަމަކާ މޫޑު ކަޓާފަ ތިހިރީ؟" ހިމޭންކަމުގެ
ސުކޫތަކަށްފަހު ނަދާލް އަހައިލި އެވެ.
"ކަމެއް
ނުވޭ.. މިއަދު މަންމަ ތަންކޮޅެއް ރުޅި އައިސްފަ ހުރީމަ" މައިރާގެ
އަޑުގައިވަނީ މަޑުމޮޅި ކަމެވެ.
"މައި..
އައި ނޯ ޔޯރ ޕްލޭޓް އިޒް ފުލް އެންޑް ހެވީ.. ބަޓް ޑޯންޓް ޑޫ ދިސް. ޝެއަރ އިޓް ވިތް
މީ" ކާރުގެ ހުންގާނުގައި
އަޅުވާލެވިފައިވާ މައިރާގެ އަތަށް ބަލައިލަމުން ނަދާލް ބުނެލި އެވެ.
"އައި
ކޭން ކެރީ އިޓް. ބައި ދަ ވޭ ނެޑް.. އައިމް ހެޕީ ފޯރ ޔޫ.. ވަރަށް އުފާވެއްޖެ ލީން
ނެޑްއަށް މަޢާފު ކުރީމަ. ހިތަކަށްވެސް ނާރާ ލީން މިކަންތަކުގަ މިހާ
އަންޑަރސްޓޭންޑިންގް ވެދާނެއޭ.. އެންމެ އުފާވަނީ މިހާރު އިވާންގެ ކުށެއް ނެތްކަން
އެނގުނީމަ އެދެމީހުންގެ ގުޅުން ރަނގަޅުވާނެކަން އެނގޭތީ" މައިރާ އަވަސްވެގަތީ
ވާހަކައިގެ މިސްރާބު ބަދަލު ކޮށްލުމަށެވެ. ނަމަވެސް ނަދާލް އޭނާ ކީ އެއްވެސް
އެއްޗަކާމެދު ބަހެއް ނުބުނެ މާ މަޑުން އިންނަން ފެށުމުން މައިރާގެ ބޮލުގައި ގޯސް
ގޮތަކަށް ރިއްސައިލި އެވެ.
"ނެޑް؟ ލީންއަށް
ހުރިހާ ވާހަކައެއް ކިޔައިދިނިން ދޯ؟" މައިރާއަށް
އަހައިލެވުނެވެ. ދެންވެސް ނަދާލް އެއްޗެކޭ ބުނަން އަނގަ ހުޅުވައިނުލި ތާނގައި
މައިރާ އިން ދިމާލަށް ބަލައިވެސް ނުލި އެވެ.
"ނެޑް؟" މައިރާ
ގޮވައިލި އެވެ.
"އައި
ކުޑުންޓް" ނަދާލްގެ ޖުމްލައާއެކު މައިރާއަށް ލިބުނު ސިހުމުގައި ކާރުގެ
ހުންގާނުން އަތް ކައްސައިލި އެވެ.
"މައި
ވަޓް ދަ-" ނަދާލް ހުށިޔާރުކަމާއެކު ކާރުގެ ހުންގާނު ސީދާ ކޮށްލަމުން
ހަޅޭއްލަވައިގަތެވެ. އެހެނަސް މައިރާގެ އަޑު އިވިގެންދިޔައީ އެއަށްވުރެވެސް
ބާރަށެވެ.
"ނެޑް
ޔޫ ކެނޮޓް ބީ ދިސް އިގްނޯރަންޓް! ލީން ބޮޑު އޮޅުވާލުމެއްގެ ތެރޭގަ ބަހައްޓައިގެން
ލީންއާ ކައިވެނި ކުރީމަ ދެން ވާނެ ގޮތް ވިސްނޭތަ؟ ލީންއަށަ ހަގީގަތް
އެނގޭ ހިސާބުން ތި ކައިވެނި ނުރޫޅޭނެ ގޮތެއް އެއީ ނެތް ގޮތެއް! އޭރުން
ދެމީހުންވެސް ވާ ދެރަ މާ ބޮޑުވާނެ. ނެޑް ތިއުޅެނީ ލީންއަށް އިތުރު ދެރައެއް ދޭނެ
ގޮތެއް ނޭނގިގެންތަ؟"
"އެކަމަކު
އަހަރެން އެ ވާހަކަ ދައްކާނީ ކިހިނެއްތަ؟" ނަދާލް
އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު
ހުއްޓައިލި އެވެ. މިހާރު އެމީހުންނަށް ވަނީ ސަފާޔަރ ހުންނަ މަގާ ނުހަނު
ކައިރިވެވިފަ އެވެ.
"އެ
ރިސްކް ނަގަން ޖެހޭނީ! ތިގޮތަށް ލީން އަނދިރީގަ ބަހައްޓައިގެން ގެންގުޅުމަކީ
ލީންއަށް ކުރެވޭ މަލާމާތެއް" މައިރާ ބުންޏެވެ. އެވާހަކަތަކާ ޙުދު
ނަދާލްއަށްވެސް އެއްބަސްވެވެ އެވެ. އެހެނަސް އައިލީން އޭނާއަށް ގެއްލިދާނެކަމުގެ
ހިޔާލުންވެސް އޭނާގެ ހިތަށް ގުޑުން އަރައިގެންދާއިރު އެކަން ހަގީގަތަކަށް ވެދާނެ
ވާހަކައެއް ދައްކަން އޭނާއަށް ކުޅަދާނަވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ
ހިތް އައިލީންގެ މައްޗަށް ލެނބުނީ އައިލީންއާއި އިވާންގެ ދެމެދުގައި އޮތް އާއިލީ
ގުޅުން އެނގުމުގެ މާ ކުރިންނެވެ. ތަގުދީރު އޭނާއާ މިފަދަ ސަމާސާއެއް ކޮށްފާނެ
ކަމަށް އޭރު އޭނާއަށް ވިސްނައިލެވިފައެއް ނެތެވެ.
"ނެޑްއަށް
ކިޔައިދޭން ނޭނގެންޏާ އަހަރެން ކިޔައިދީފާނަމޭ.. އަހަރެންގެ މައްސަލައެއް ނެތޭ
ލީން ރުޅި އަޔަ-"
"މައި!
ޑޯންޓް ޔޫ ޑެއަރ!" ނަދާލްއަށް ތެޅިގަނެވުނެވެ. "މައި ޕްލީޒް. ދެން
ފަހުން މިވާހަކަ ދައްކާނީ... ޒެފް މިހާރުވެސް އެހެރީ އަހަރުމެންނަށް މަޑުކޮށްގެން"
ޔުނިވާރސިޓީގެ ދޮރާށިން ބޭރުގައި ސިނގިރޭޓެއް ރޯކޮށްލައިގެން ހުރި ޒެފަން
ދައްކައިލަމުން އޭނާ ބުންޏެވެ.
"ފައިން!
މި މީޓިންގް ނިންމާފަ އަހަރެން އެބަޖެހޭ މަލްއާއެކު ތާކަށް ދާން. ބަޓް ވީ ވިލް
ޓޯކް ޓުނައިޓް!" ޔުނިވާރސިޓީގެ ޕާކިންގް ލޮޓުގައި ކާރު ބާއްވައިލަމުން މައިރާ
އަމުރުވެރިކަމާއެކު ބުންޏެވެ.
**************
ގޭގައި
ގިނަ ވަގުތު ފޫހިވެފައި އޮންނަން ޖެހުމުން އިވާން އަނެއްކާވެސް ގަރާޖުގެ
މަސައްކަތަށް ނުކުތެވެ. މެންދުރުފަސްވާ އަތަށް އަޅައިލުމާއެކު އޭނާއަށް މަސައްކަތް
މެދުކަނޑައިލަން ޖެހުނީ އައުޒަމް ގޮވައިލުމަށްފަހު އޭނާއާ މީހަކު ބައްދަލުކުރަން
އައިސްހުރި ވާހަކަ ބުނުމުންނެވެ. އިވާން އިތުރު ސުވާލަކާ ނުލައި ބޭރަށް ނުކުތީ އެއީ
ޝާވިން ކަމުގައި ނިންމަމުންނެވެ. އެހެންކަމުން އޭނާ ފެނުމާއެކު ހިނިތުންވުމެއް
ހަދިޔާކޮށްލި އަންހެންކުއްޖާއަށް އިވާން ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެއީ
ހަމަ ގައިމުވެސް އޭނާއާ މީގެ ކުރިން ބައްދަލުވެފައިވާ ކުއްޖެއް ނޫނެވެ. ނޫންނަމަ
އުނަގަނޑާ ހިސާބަށް އޮތް އެކުއްޖާގެ ގަދަ ރަތްކުލައިގެ ބުޅި އިސްތަށިގަނޑު ހަމަ
ގައިމުވެސް އޭނާގެ ހަނދާނުގައި ހުރީހެވެ.
"އިވާން
ދެއްތޯ؟" އެކުއްޖާ އަހައިލި އެވެ.
އިވާން
އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމާއެކު އެކުއްޖާ އެއް ފިޔަވަޅު ކުރިއަށް ޖެހިލި
އެވެ.
"އަޅުގަނޑަކީ
އިޝްވާ.. "ސޭޖް ލޯ" ގެ ފަރާތުން. މިއަދުން ފެށިގެން އަޅުގަނޑަކީ އިވާންގެ
ލޯޔަރ" އިޝްވާ ސަލާމުގެ އަތެއް ދިއްކޮށްލި އެވެ.
"އަހަރެން
އެއްވެސް ވަކީލަކު ނުހޯދަން. ޔޫ ހޭވް ދަ ރޯންގް އިވާން" އިޝްވާއާ ސަލާން ކުރުމުގެ
ބަދަލުގައި އިވާން އަނެއްކާވެސް ގަރާޖަށް ވަނުމަށް ހިނގައިގަތެވެ. އެހެނަސް
އެވަގުތު ފަހަތުން އިވުނު އިޝްވާ ދައްކަން ފެށި ވާހަކައާއެކު އޭނާގެ ފިޔަވަޅުތައް
މަޑުޖެހިލި އެވެ.
"އިވާން
އިސްމާއިލް، ހަތާވީސް އަހަރު، ފޯރމަރ ސަބް އިންސްޕެކްޓަރ އެޓް މޯލްޑިވްސް ޕޮލިސް.
ޕްރޮމޯޓެޑް ޓު އިންސްޕެކްޓަރ އެންޑް ސެކަންޑް އިން ކޮމާންޑް ފޯރ ނަދަރން ރީޖަން
ލާސްޓް ނޮވެމްބަރ. ބަޓް ދަ ޕްރޮމޯޝަން ވޯޒް ޝޯރޓްލިވްޑް ސިންސް ޔޫ ވަރ އެކިއުޒްޑް އޮފް
ސެކްޝުއަލް އެސޯލްޓިންގް އަ ޓްވެންޓީ-ޓޫ އިޔަރ އޯލްޑް ފޮރީނަރ ޖަސްޓް އަ ޑޭ
އާފްޓަރ ޔޯރ ޕްރޮމޯޝަން. ދަ ޕޮލިސް ބޯރޑް ޑިސައިޑެޑް ޓު ޑިސްމިސް ޔޫ ވައިލް ދަ
ޓްރަޔަލް ވޯޒް އޮންގޮއިންގް. އޭގެ ފަސް މަސްފަހުން ކޯޓުން އިވާންއަށް މައްސަލަ
ސާބިތު ނުވާކަމަށް ހުކުމްކޮށް ބަންދުން ދޫކޮށްލީ. ޑޫ އައި ސްޓިލް ހޭވް ދަ ރޯންގް
އިވާން؟" އިޝްވާގެ އަތުގައި އޮތް ފައިލުން ދެލޯ ވަކިކޮށްލަމުން އިސް
އުފުލައިލިއިރު އިވާން ހުރީ ހައިރާންވެފައިވާ ދެލޮލުން އޭނާއަށް
ބަލަހައްޓައިގެނެވެ.
"އަހަރެންނަށް
އަހާލެވިދާނެތަ ކާކު ފޮނުވައިގެން ކޮން ބޭނުމަކުތޯ ތި އައީ؟" އިވާން ކުރިއަށް
ޖެހިލަމުން ސުވާލުކޮށްލި އެވެ.
"ބޭނުން
ދޯ؟ ޕްރިޓީ ސިމްޕަލް. އިވާންގެ އެއްވެސް ކުށެއްނެތި، އަދި ކުރެވިފައިވި ތުހުމަތުން
ދިފާއުވާނެ ފުރުސަތު ނުދީ އިވާން ވަޒީފާއިން ވަކި ކުރުމަށް ފުލުސް ބޯޑުން ނިންމި
ނިންމުމަކީ ގާނޫނާ ޙިލާފު ނިންމުމެއް. އަޅުގަނޑު މިއައީ އިވާންގެ ވަކީލެއްގެ
ގޮތުގަ އެ މައްސަލަ ކޯޓަށް ގެންގޮސްދީ އިވާންގެ ވަޒީފާ އަނބުރައި ހޯދައިދޭން. ދެން
އެހީ މި އައީ ކާކު ފޮނުވައިގެންތޯ. ޖަވާބަކީ ވަކި މީހަކު ފޮނުވައިގެނެއް ނޫނޭ.
އަޅުގަނޑުމެންގެ ލޯ ފާމްގަ ގެންގުޅޭ ސީ.އެސް.އާރ ޕޮލިސީއެއް އެއީ ފާމުގަ
މަސައްކަތްކުރާ ކޮންމެ ވަކީލަކުވެސް ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް
ކްލަޔަންޓަކަށް އެއްވެސް އަގަކާނުލައި މައްސަލައެއް ނިންމައިދިނުމަކީ.
ހަބަރުތަކާއި އޯޕެން ސޯސްތައް އަދި އެކްސެސިބަލް ކްލޯޒްޑް ސޯސްތަކުން
ބަލައިގެންވިޔަސް އެ ކްލަޔަންޓަކު ހޮވުމުގެ އިޙްތިޔާރު އޮންނަނީ އެ ވަކީލެއްގެ
އަތްމަތީގަ. އަޅުގަނޑަށް އިވާންގެ ކޭސް އިންޓްރެސްޓިންގްވެފަ ކުރި ހޯދޭނެކަމުގެ
ޔަގީންކަން އޮތީމަ އިވާން ސެލެކްޓް ކުރީ. ކޮންމެއަކަސް އިވާންއަށް ކުށް ސާބިތު ނުވާ
ކަމަށްވެސް އޮތީ ހުކުމް ކޮށްފަ. ވިތް އަ ގުޑް ޓީމް ލައިކް އަސް، ދެއަރ އިޒް ވަން-ހަންޑްރެޑް
ޕަސެންޓް ޗާންސް ފޯރ ޔޫ ޓު ވިން ދިސް" އިޝްވާ ކޮނޑު އަރުވައިލި އެވެ.
"ހެހެ.
ސޯ ޔޫ ތިންކް އައިމް ޗެރިޓީ؟" އިވާން މަލާމާތުގެ ހިނިތުންވުމަކާއެކު އަހައިލި
އެވެ. އެއާއެކު އިޝްވާގެ މޫނުމަތީގައި ކުރިން ހުރި ހިނިތުންވުން ފޮހެވި ކަންބޮޑުވުމުގެ
ކުލަވަރު ފާއްދައިލި އެވެ.
"ނޯ
ދެޓްސް ނޮ-"
"އެންޑް
ޔޫ ތިންކް އައިމް ބައިންގް ދެޓް ސީ.އެސް.އާރ ޕޮލިސީ މިތް ޔޫ އަރ ޓްރައިންގް ޓު
ސެލް؟ ތިކުއްޖާ ފޮނުވި މީހަކުގާތު ބުނޭ އަހަރެން އެއްވެސް މީހެއްގެ ހަމްދަރުދީއެއް
ބޭނުމެއް ނޫނޭ" އިވާން ބުންޏެވެ. އެވަގުތުވީ އޭނާއާ ބައްދަލުކުރަން ޝާވިންވެސް
އެތަނަށް އައި ވަގުތުކަމުން އިޝްވާއަށް ޝާވިން ފެނި، އިތުރަށް އެ ވާހަކަ ދައްކާކަށް
ނޫޅުނެވެ.
"އުއްމީދު
ކުރަން އަދި ތި ހިޔާލު ބަދަލުވާނެކަމަށް. އަޅުގަނޑު އަބަދުވެސް ހުންނާނީ ހަމަ
އެންމެ ކޯލެއްގެ ދުރުގަ" އިޝްވާގެ އަތުގައި އޮތް "ބިޒްނަސް ކާރޑު"
އިވާންއަށް ދިއްކޮށްލި އެވެ. އިވާން ދެ ހިޔާލެއްގައިހުރެފައިވެސް އޭގައި ހިފުމުން
އޭނާ އެތަނުން ހިނގައިގަތެވެ.
"ކޮން
މަންޖެއަކަސް މިހާރު ތި ބިރުދައްކާލީ. ސާބަހޭ އިނގޭ" އިވާންގެ ކޮނޑަށް އަތް
ވައްޓައިލަމުން ޝާވިން ބުނެލި އެވެ.
"ނޭނގެ
ކާކު ކަމެއްވެސް. ދެން އެވާހަކަ ބާއްވާ. ކޮންކަމަކުއޯ ރައީސް ތި ވަޑައިގަތީ؟"
އިވާން އަމިއްލަ މޫޑު ރަނގަޅު ކުރެވޭތޯ މަސައްކަތް ކޮށްލި އެވެ.
"މާދަމާ
ފުރަން ޖެހޭތީ މަލް ގޮވައިގެން ޑޭޓަކަށް ދާންކަމަށް މި އުޅެނީ. އެކަމަކު މަލްގެ
މަންމަ އެއްބަހެއް ނުވޭ މަލް އެކަނި ފޮނުވާކަށް" ޝާވިން ބުންޏެވެ.
"އައްދޭ..
ދެން ދައްތަވެސް ގޮވައިގެންތަ ޑޭޓަށް ދާން ތި އުޅެނީ" އިވާން ހިނިގަނޑެއް
ޖަހައިލި އެވެ.
"މައިގާތު
ބުނެގެން މި އުޅެނީ މަލް ގެނެސްދޭން" ޝާވިން ބުންޏެވެ.
ކޮނޑުމަތިން
ނެގި ޖާރޒީ ފޮޅައިލުމަށްފަހު ބޮލަށް މަހައިލަން ދިމާކޮށްލި އިވާންގެ ހަރަކާތްތައް
މައިރާގެ ނަން އިވުމާއެކު ފަޅި ސުކުންތަކަށް ހުއްޓުނެވެ. އެހެނަސް ޝާވިންއަށް
އެކަން ފާހަގަ ނުކުރެވެނީސް އޭނާގެ ނަފްސު ހަމައަކަށް އަޅުވައިލި އެވެ.
"ހިނގާބަލަ
އަހަރުމެންނާއެކު" ޝާވިން އެދުނެވެ.
"އަހަރެން؟" އިވާންއަށް
އަހައިލެވުނެވެ.
"ހްމްމް"
ޝާވިން ބުންޏެވެ. އިވާން އަވަހަށް އެކަމާ ދެބަސްވެ ޗޮކެއް ކަނޑައިލަމުން ދުރު
ބަލައިލި އެވެ.
"އަހަރެންވެސް
ބޭނުމެއް ނޫނޭ އިވާން މައިރާއާ ދިމާލަށް ޕުޝް ކުރާކަށް. އޭނަ ކަންތައްކުރި
ގޮތަށްފަހު އަހަރެންނަށް ރަނގަޅީވެސް އޭނަ އިވާންއާ ވީހާވެސް ދުރުން އުޅުނިއްޔާ..
ބަޓް ޔޫ ހޭވް ޓު ހެލްޕް މީ އައުޓް ހިއަރ ބްރޯ.. މައިއަށް ކޮމްޕެނީ ދޭނެ މީހަކު
ހުރިއްޔާ ދޯ އަހަރެންނަށްވެސް މަލްއާއެކު ވަކިން ޓައިމް ސްޕެންޑް ކޮށްލެވޭނީ"
ޝާވިންގެ ވާހަކަ ނިމުނުއިރު އިވާން ހުރީ ދެލޯ އަޅައިގެންނެވެ. ޝާވިން އެކަމާ
އަޅާނުލައި އިވާންގެ ކޮނޑުގައި އަތް އަޅައި ގޭގެ ދޮރާ ދިމާލަށް ކޮށްޕައިލި އެވެ. "ކަމޯން
ބްރޯ. ދެން އިތުރު މީހަކު ހުރިއްޔާ މަށެއްވެސް ނުބުނާނެ ދޯ؟ ދެން
ދޭބަލަ. ގޮސް ފެންވަރާލައިގެން އާދެބަ ވަރަށް އަވަހަށް. އެމީހުން މިހާރު އަންނަން
އުޅޭނެ" އޭނާ ބުންޏެވެ.
"އޯކޭ
އޯކޭ. އެކަމަކު ބަދަލުގަ އަހަރެން ބުނާ ކަމެއްވެސް ކޮށްދޭން ޖެހޭނެ. ޔޫ ހޭވް ޓު
ބައި މީ ސަމް ފްލާވަރޒް" އިވާން ބުންޏެވެ. ޝާވިންއަށް އެ ބުނި އެއްޗެއް
ރޭކައިލުމާއެކު ކެކިގަތް ހިނިގަނޑު ހިފަހައްޓައިލުމަށް ދެ ތުންފަތް ޖައްސައި
ބާރުކޮށްލި އެވެ.
"ކިހިނެއްވީ؟" އިވާން
އަހައިލި އެވެ.
"ކަމެއް
ނުވޭ" ޝާވިން ކުޑަކޮށް ހެވިފައިހުރެ ބުންޏެވެ.
"ޕިންކް
އެންޑް ވައިޓް ކާރނޭޝަންސް އިނގޭ؟" އިވާންއަށް
ޝާވިންގެ ސިކުނޑީގައި އެނބުރެމުންދިޔަ ހިޔާލުތައް އެނގިހުރެވެސް އެކަން އެނގޭ ކަމަކަށް
ނެހެދި އެވެ. ޝާވިންގާތު މަޑުކޮށްލާށޭ ބުނެފައި ސިޑިން މައްޗަށް ހިނގައިގަތެވެ.
ދިހަވަރަކަށް މިނެޓުފަހުން އޭނާ ތިރިއަށް ފޭބިއިރު ޝާވިން ހުރީ ފޯނު ކޯލެއްގަ
އެވެ. އިވާން އެ ކޯލު ނިމެންދެން ދުރުގައި މަޑުކޮށްލި އެވެ.
"ކިރިޔާ
ތި އާދެވުނީ. މިހާރު މި މަގަށް އަޅަނީއޯ ބުނީ. އެ އަންނަނީ ދޯ؟" ޝާވިން
ފޯނު ކަނޑައިލުމަށްފަހު އެވަގުތު މަގަށް ވަތް އަޅިކުލައިގެ ކާރެއް އިވާންއަށް
ދައްކައިލި އެވެ.
ކާރު
އައިސް އެމީހުންގެ ކުރިމައްޗަށް ހުއްޓައިލުމާއެކު ކުރީ ސީޓުގައި އިން މަލަކް
ބިއްލޫރިގަނޑު ތިރިކޮށްލަމުން ޝާވިންއަށް ހަނާ އަޅައިލި އެވެ. ޝާވިން މަޑުމަޑުން
މަލަކްގެ ކޮލުގައި ކޮށްޓައިލުމަށްފަހު އިވާންއާއެކު ކާރުގެ ފަހަތު ސީޓަށް އަރައި
ހަމަޖެހިލި އެވެ.
"ކޮންތާކަށް؟" މައިރާ
ކުރިމަތީގައިހުރި ލޯގަނޑަށް މައިރާ ބަލައިލީ ޝާވިންއާ ވާހަކަދައްކަމުން
ކަމުގައިވިޔަސް އޭނާގެ ނަޒަރު ސީދާވެގެންދިޔައީ އިވާންގެ ތޫނު ދެލޮލާ އެވެ.
އެއާއެކު މައިރާ އަވަސްއަވަހަށް އެ ލޯގަނޑާ ނަޒަރު ވަކިކޮށްލަމުން ކާރު ދުއްވައިލި
އެވެ.
"ވިލިމާލެ
ކިހިނެއް ވާނީ؟" ޝާވިން އަހައިލި އެވެ. އޭނާ
ބޭނުންވީ މަލަކްގެ ހަމަޖެހުމަށް ވީހާވެސް ރަނގަޅުވާނޭހެން ހީވާ މާހައުލަކަށް
މަލަކް ގެންދާށެވެ.
"މިހާ
ބަނަކޮށް އޮއްވާ؟" މައިރާއަށް އަހައިލެވުނެވެ.
"އެކަމަކުވެސް
ރަނގަޅުވާނެ. ކުޑަކޮށް ކާމް ތާކަށް ދާން މަލްވެސް ބޭނުމީ" މަލަކް ބުނެލި
އެވެ.
"ހެހެ.
ސާބަހޭ މަލް.. އިއްޔެއެއް ނޫންތަ ރަށަކުން ތި އައީ؟" މައިރާއަށް
ބުނެވުނެވެ.
"އަނެއްކާވެސް
ދާން ބޭނުމީ.. ހާދަ ހިތްފަސޭހައޭ" މަލަކް ތުންކޮޅު އޫކޮށްލަމުން ބުނެލި އެވެ.
"ޕިސްޕިސް.
ޝޯން ހެޔޮނުވާނެ މާދަމާ ދާއިރު މީނަ ގޮވައިގެން ދޭ" މައިރާ ސަމާސާ ރާގެއްގައި
ބުންޏެވެ.
"ހައު
ޔޫ ވިޝް ދޯ؟" އިވާން ބުނެލީ އޭނާގާތު އިން
ޝާވިންއަށް ކިރިޔާ އިވޭނެ ވަރަށެވެ. ޝާވިން އިންޒާރުގެ ނަޒަރަކުން އިވާންއަށް
ބަލައިލުމަށްފަހު މައިރާއާ ވާހަކަދެއްކި އެވެ.
"މައި.
މާ ވިއްކާ ފިހާރައަކަށް މަޑުކޮށްލައްޗޭ"
މައިރާ
އެންމެ ރަނގަޅޭބުނެ ބޯ ޖަހައިލި އެވެ. ފަސް ވަރަކަށް މިނެޓުފަހުން މާލޭގެ ފުޅާ
މަގެއްގައިހުރި މާ ވިއްކާ ފިހާރައެއްގެ ކުރިމައްޗަށް އޭނާ ކާރު ހުއްޓައިލުމާއެކު
ޝާވިންއާއި މަލަކް ކާރުން ފޭބި އެވެ. އިސާހިތަކު މައިރާއާއި އިވާން ކާރުގެ
ތެރޭގައި އެކަނިވި އެވެ. އިވާން ފޯނުގައި ދެލޯ ތަތްކޮށްލައިގެން އިނީ އިސް
އުފުލައި ނުލާން އަމިއްލަ ނަފްސަށް ވައުދެއް ވެގެން އިން މީހަކު ފަދައިންނެވެ.
މައިރާވެސް އިވާންއަށް ނުބަލަން ހުވާކޮށްގެން އިންހެން ބޭރަށް ނަޒަރު
ހުއްޓާލައިގެން އިންއިރު ދޭތެރެއަކުން އަތުގެ އިނގިލިތަކުން ކާރުގެ ހުންގާނުގައި
ޖަހައިލާ ގޮތުން ނުތަނަވަސްވެފައި އިންކަން އެނގޭހާވެ އެވެ.
ދެމީހުންކުރެ
އެކަކުވެސް ބަހަކުން ބަހެއް ބުނެނުލައި އިންދައި ޝާވިންއާއި މަލަކް ފިހާރައިން
ނުކުމެގެން އަންނަތަން ފެނުނެވެ. މަލަކްގެ އަތުގައި ހުދުކުލައިގެ ޓޫލިޕާއި
ފިނިފެންމާތަކެއް ހުރި ގުލްދަސްތާއެއް އޮތްއިރު ޝާވިންގެ އަތުގައި ފިޔާތޮށްޓާއި
ހުދުކުލައިގެ ކާރނޭޝަން މާތަކުން ހެދިފައިވާ ގުލްދަސްތާއެއް އޮތެވެ.
ޝާވިން
މަލަކް އެރުމަށްޓަކައި ހުޅުވާލައި ދިނީ ކާރުގެ ފަހަތުގައި އޭނާ ކުރިން އިން ފަޅީގެ
ދޮރުފަތެވެ. އެއަށްފަހު ކާރުގެ ވަށާލާފައި އައިސް އިވާން އިން ފަޅީގެ ދޮރު
ހުޅުވައިލި ގޮތުން އިވާންއަށް އެ ބުނީ ނުކުންނާށޭކަން އެނގުނެވެ.
"ހަނދާންކުރާތި
އިނގޭ" އިވާން ދަތްކުނޑި ވިކައިލަމުން ކާރުން ފޭބި އެވެ.
"ޔޫ
އަރ ވެލްކަމް ޕްރިންސެސް" ޝާވިން އަތުގައި އޮތް ގުލްދަސްތާ އިވާންގެ މެއަށް
ޖެހުމަށްފަހު ކާރަށް އެރި އެވެ.
އިވާން
ބޯ ހޫރައިލުމަށްފަހު ކާރުގެ ކުރީ ސީޓަށް އަރައި އަތުގައި އޮތް ގުލްދަސްތާ
މައިރާއަށް ދިއްކޮށްލި އެވެ. ނަމަވެސް މައިރާ އޭގައި ހިފަން ނޫޅެ ހައިރާންކަން
އެކުލެވިފައިވާ ނަޒަރަކުން އިވާންއަށް ބަލަހައްޓައިގެން އިނީ އެވެ.
"ރޭގަ
ބުނީމެއްނު؟ އަހަރެންނަށް އޮޅިގެން މާބޮނޑި ހަލާކު ކޮށްލެވުނީމަ.."
އިވާން ހަނދާން ކޮށްލައިދިނެވެ.
"އޯހް
އަމްމް. ތޭންކްސް" މައިރާ ހިފަން ނުހިފަން ހުރެފައިވެސް އެ ގުލްދަސްތާގައި
ހިފަހައްޓައިލި އެވެ. ހިސާބަކަށް ލަދުގަނެފައި އިނދެ ފަހަތުގައި ތިބި ދެ
މީހުންނަށް ބަލައިލުމަށްފަހު ކާރު ދުއްވައިލި އެވެ.
މޫސުމުގެ
އަނދިރިކަން ވެރިވެފައި އޮތް މާލޭގެ ކާރޫބާރޫ ބޮޑު އެތެރެ މަގުތަކުގައި ފިރުކެމުން
ކަހަލަ ގޮތަކަށް ނުކުތް ކާރު، ބޮޑުތަކުރުފާނު މަގުން ވިލިމާލޭ ގިމަތައާ ދިމާލަށް
ދުއްވައިލެވުމާއެކު އޭގައި ތިބި އެންމެނަށްވެސް ހިތްހަމަޖެހުމުގެ ނޭވާއެއް
ދޫކޮށްލެވުނެވެ. މާހައުލު އިތުރަށް ހިތްގައިމު ކޮށްލުމަށްޓަކައި ކާރުގައިވި ސެޓުން
ލަވައެއް އަޅުވައިލުމަށް މައިރާގެ އަތް ހަރަކާތްކޮށްލި އެވެ. އެވަގުތު
ވެގެންދިޔައީ އިވާންއަށްވެސް ފޯނުން ނަޒަރު ވަކިކޮށްލަމުން ސެޓާ ދިމާލަށް
ބަލައިލެވުނު ވަގުތަށެވެ. ބަނަ ވިލާތަކާއި ކަޅު ބިއްލޫރިތަކުގެ ތެރެއިން
ފުރޭނިގެން އައިސް ކާރުގެ ތެރެއަށް އެޅިފައިވާ އަލީގައި އިވާންއަށް މައިރާގެ އަތް
ނުހަނު ސާފުކޮށް ފެނުނެވެ. އެއާއެކު އޭނާގެ ހިތަށް ވާންވެލައިގެން ދިޔައިރު
އޭނާއަށް އިނދެވުނީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފަ އެވެ. ހޭވެރިކަމެއް ވީއިރު
މައިރާގެ އަތް ގެންގޮސް އަނެއްކާވެސް ހުންގާނުގައި ހިފަހައްޓާލައިފި އެވެ.
އިވާންއަށް
ކުއްލިއަކަށް މައިރާގެ އަތުގައި ހިފެހެއްޓުނެވެ. އެފަދަ ކަމަކަށް ވިސްނާލެވިފައި
ނެތް މައިރާގެ އަތުން ހުންގާނުގެ ކޮންޓްރޯލް ނެއްޓި، ކާރުގެ މިސްރާބު ކަތިވެގެން
ދިޔަ ނަމަވެސް ފަޅި ސުކުންތެއްގެ ތެރޭގައި އިވާންގެ އަތް ފޮޅައިލަމުން ކާރު
ކޮންޓްރޯލް ކޮށްލި އެވެ.
"ވަޓް
ދަ ހެލް އިވާން! އާރ ޔޫ ޓްރައިންގް ޓު ގެޓް އަސް ކިލްޑް؟" މައިރާއަށް
ހަޅޭއް ލަވައިގަނެވުނެވެ.
"ކާރު
މަޑުކުރޭ!" އިވާން އަމުރުވެރި ރާގެއްގައި ބުނެލި އެވެ.
"ހައް؟" މައިރާއަކަށް
ނުވިސްނުނެވެ.
"ކާރު
ހުއްޓާށޭ!" އިވާންގެ އަޑު އިހުނަށްވުރެވެސް ބަރުވެލައިފި އެވެ.
"އާރްގްހް!"
މައިރާ ރުޅި އައިސްފައި އިނދެ ކަރުބުޑުން އަޑެއް ނެރެލަމުން ކައިރީގައި އޮތް ދުވާރުގެ
މައްޗަށް ކާރު އަރުވައިލި އެވެ. އެއާއެކު އިވާން ކާރުން ނުކުމެގެން ދިޔައީ މައިރާ
އިން ފަރާތަށް ޖެހިލައި ދެތިން ފަހަރު ބިއްލޫރި ގަނޑުގައި ޖަހައިލުމަށްފަހު "ނުކުންނާށޭ"
ބުނަމުންނެވެ.
މައިރާ
އަނެއްކާވެސް ނުރުހުމުގެ އަޑެއް ލައްވައިލުމަށްފަހު ކާރުން ނުކުމެ ފަހަތުގައިހުރި
އިވާންއާ ދިމާލަށް ހިނގައިގަތެވެ. "އިވާން ކީކޭ ހިތަށް އަރައިގެންތަ ތި
އުޅެނީ؟
މަލް ހުއްޓައެއް ނޫން އިނގޭ އިވާން ތި ފާޑަށް އެޓިޓިއުޑް
ދައްކާނީ" އޭނާ ހުރީ ރުޅި އައިސްފަ އެވެ. ވާނީވެސް އެހެންތާ އެވެ.
އެމީހުންނަށް މަރުގެ އެތިފަހަރަކުން އެ ސަލާމަތްވެވުނީ ހަމަ ކިރިޔާ އެވެ. އޭރު
އިވާން އުނަގަނޑުގައި ދެއަތް އަޅުވާލައިގެންހުރެ ތަންކޮޅެއްގައި ކުރުކާލި
ކަނޑަމުންދިޔަ އެވެ.
"އިވާން!
އަހަރެން މި ކިޔާ އެއްޗެއް އެބަ އަޑު އިވޭތަ؟" މައިރާއަށް
އަނެއްކާވެސް އަހައިލެވުނެވެ. އިވާން ކަމަކުން ކަމަކާނުލައި އެހާ ހަރުކަށިކަން
ދައްކާފައި އޭނާ ކާރުން ނެރެންޖެހޭ ސަބަބެއް މައިރާއަކަށް ނޭނގުނެވެ. އޭނާ
ތިންވަނަ ފަހަރަށް އިވާންއަށް ގޮވައިލަން އަނގަ ހުޅުވައިލި ތަނާހެން އިވާން އޭނާއާ
ގާތަށް ފިޔަވަޅެއް އަޅައިލަމުން އޭނާގެ އަތުގައި ހިފެހެއްޓި އެވެ.
"ވައި؟"
އިވާން އަހައިލީ މިފަހުން މައިރާއަށް އެ އަޑުން އިވިފައި ނުވާފަދަ އޯގާތެރި
ރާގެއްގަ އެވެ. މައިރާއަށް އިވާން އެ އިޝާރާތްކުރަނީ ކޮން ކަމަކަށްކަން ނޭނގިފައި
ހުއްޓައި އިވާން އޭނާގެ އަތުގެ ނުފުށުގައި ބޮޑުވައި އިނގިލި ހިންގައިލި އެވެ.
"މިއީ
އިވާންއަކާ ބެހޭކަމެއް ނޫނޭ!" މައިރާ އަވަސް އަވަހަށް އަތް ދަމައިގަތެވެ.
"މައިރާ…" އިވާންއަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ.
ހަނދާނުގައި ކޮށްޓައިލީ މަލަކްއާ ދިމާވި ފުރަތަމަ ދުވަހު ނަދާލް މައިރާއާ ދެއްކި ވާހަކަތަކެއްގެ
ތެރެއިން އޭނާއަށް އިވުނު ޖުމްލައެކެވެ.
"ތި
މެތަޑުން ޕެއިން ސަޕްރެސް ނުކުރެވޭ ހިސާބަށް ދިޔައިމަ ދެން މައި ކޮށްފާނެ
ކަމަކާމެދު ވިސްނާލާކަށްވެސް އަހަރެން ބޭނުމެއް ނޫން!"
އެދުވަހު
ނަދާލް ބުނީ ކީކޭކަން އިވާންއަށް ރޭކައިލީ އަދި ކިރިޔާ އެވެ. މައިރާގެ އަތުގައި
ތާޒާ ލޭ ހިލިލާފައިހުރި ނިޔަފަތީގެ ނިޝާންތަކުގެ އިތުރުން ގިނަދުވަސްވެ ކުލަ
އަނދިރިވެފައިވާ ނިޝާންތައްވެސް ހުއްޓެވެ. ވީއިރު ކުރިން އޭނާއަށް މިކަން ފާހަގަ
ނުކުރެވުނީ ކީއްވެބާއޭ އިވާންގެ ހިތަށް އެރި އެވެ. އަނެއްކާވެސް މައިރާއާ ދިމާލަށް
ފިޔަވަޅެއް އަޅައިލި އެވެ. ބަދަލުގައި މައިރާ ފިޔަވަޅެއް އަޅައިލީ ފަހަތަށެވެ.
އިވާންއަށް އެ ނިޝާންތައް ފެންނާކަށް އޭނާ ނޭދެ އެވެ. އެއީ އޭނާގެ ކިބައިގައި
ހަރުލާފައިވާ ނުރަނގަޅު އާދައެއްގެ ނިޝާންތަކެވެ. މާ ބޮޑަށް ދެރަވެ، އިހުސާސްތައް ނުހިފެހެއްޓޭ
ހިސާބަށް ދިޔުމުން ކޮންމެ ފަހަރަކު އޭނާއަށް ކަރުނަތައް ހިންދައިލަން ބޭނުން
ކުރެވޭ އުކުޅަކީ އެއީ އެވެ. މީގެ ކުރިން ނަދާލް ނޫން މީހަކަށް އެކަން
ފާހަގަވެފައެއް ނެތެވެ.
"ވައި..
ވައި ވުޑް ޔޫ ޑޫ ދިސް؟" މައިރާ ދުރަށް އަޅައިލި
ފުރަތަމަ ފިޔަވަޅާއެކު އިވާން މައިރާގެ އަތުގައި ހިފެހެއްޓި އެވެ.
ކުރިއާ
ހިލާފަށް މިފަހަރު މައިރާއަށް އެ އަތް އިވާންގެ އަތުތެރެއިން ނައްޓުވާލާކަށް
ފަސޭހައެއް ނުވި އެވެ. ދެތިން ފަހަރަކު "ދޫކުރާށޭ" ބުނުމުންވެސް އިވާން
އެ އަޑު ނޭހުމުން އޭނާއަށް ހަރުކަށިކަމާއެކު އިވާންގެ ކޮނޑުގައި އަތް އަޅައި
ދުރަށް ކޮށްޕައިލެވުނެވެ. "ދޫކުރާށޭ އިވާން!" އޭނާ ހަޅޭއްލަވައިގަތެވެ.
ހެނދުނުއްސުރެން ހިތުގައި ގިނަވެފައިވި ޖަޒުބާތުތައް ބޮއްސުންލައިގެން ދިޔައީ
ރުޅީގެ ކުލަ ޖެހެމުންނެވެ.
"ކޮބާތަ
އިވާންގެ މައްސަލައަކީ؟ އަހަރެންގެ ކުށް އިސްލާހުކޮށް
އަހަރެން އަމިއްލައަށް ބަރުބާދު ވެގެންވިޔަސް އިވާންގެ ދިރިއުޅުން އިވާންއަށް
ހޯދައިދޭންވެސް މަސައްކަތް ކުރީމެއްނު. އެކަންވެސް ހުއްޓުވީ އިވާންއެއްނު! ދެން
މިހާރު އަހަރެންނަށް ތިގޮތަށް ތި ޓޯޗަރ ކުރަނީ ކީއްވެ؟ ރޭގަވެސް..
އޭގެ ކުރިންވެސް އިވާންގެ އަމަލުތައް ހުންނަ ގޮތުން ބައެއްފަހަރު އަހަރެންނަށް
އުއްމީދު ކުރެވޭ އަހަރެންނަށް އަދިވެސް އިވާން ހާސިލު ކުރެވިދާނެ ކަމަށް. އެކަމަކު
އިވާންގެ ދުލުން ބުނެލާ އެންމެ ޖުމްލައަކުން އެއިން ކޮންމެ އުއްމީދެއް
ނާއުއްމީދަކަށް ހަދާލާ. އިތުރަށް އެ މާޔޫސްކަމާ ކުރިމަތިލާނެ ހިތްވަރެއް
އަހަރެންގެ ނެތް. އޭރު
އިވާން އަހަރެންގެ ހިތް މަރާލަން ބުނާ ބަހަކުން ހިތުން ލޭ އޮހޮރުނީމަ އޭގެ މަތިން
މަލަން އަޅާލައިގެން އަނެއް ދުވަހު އިވާންގެ ކުރިމައްޗަށް އަޔަސް މިހާރު
އަހަރެންނަކަށް އެކަމެއް ނުކުރެވޭނެ. އިވާން ބުނެލާ ބަހަކުން މާޔޫސްވެ ދުވަސް
ޚަރާބުވީމަ މީގެ ކުރިން ދުވަހުގެ ބާކީބައި ކޮޓަރީގެ ހަތަރުފާރު ތެރޭގަ
ހުސްކޮށްލިޔަސް އެއީ މިހާރު އަހަރެންނަކަށް އޮތް ގޮތެއް ނޫނޭ!" މައިރާގެ
ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތީ ހިތަށް ކޮށްފައިވާ އަސަރުން ކަމެއް ނުވަތަ
އައިސްފައިވާ ރުޅިން ކަމެއް ނޭނގުނެވެ. އެ ކަރުނަތަކުގެ ކުރިމަތީގައި އިވާންއަށް
އިސްޖަހައިލަން މަޖުބޫރުވި އެވެ.
"ނެޑް
ބުނިހެން މައިޝާން ކުންފުންޏަށް ދިން ހުރިހާ ގެއްލުމެއްގެ ޒިންމާ ނަގަން ޖެހޭނީ
އަހަރެން! އަހަރެންނަށް ކުންފުންޏާ ދޭތެރޭ ފަރުވާކުޑަ ކޮށްލާފަ އިވާންގާތު ބޭކާރު
އާދޭސްތަކެއް ކުރަން ވަގުތުތައް ހުސްކޮށްލެވުނީމަ މިހެން މިވީ.. އެހެންވީމަ
މިފަހަރު އަހަރެން ބޭނުން އަހަރެންނާ ހަވާލުކުރެވިފަ އޮތް ކާފަގެ އަމާނާތަށް
ވީހާވެސް ބޮޑަށް ރައްކާތެރިވާން. ޕްލީޒް އިވާން އައި ޑޯންޓް ވޯންޓް ޓު މެސް ދިސް
އަޕް! އާދޭސް ކޮށްފަ މި ބުނަނީ.. ނައު އައިމް އެގްޒްހޯސްޓެޑް އޮފް ޔޯރ ރިޑްލްސް
ޕްލީޒް.. އިވާންއަށް އަހަރެންނާއެކު މުސްތަގްބަލެއް ނުފެންނަންޏާ އަހަރެންނާ
ދުރުގަ ހުރެދީ" މައިރާ އޭނާގެ ފަހުބަސް އިއްވައިލުމަށްފަހު ދެލޯ
ފޮހެލާފައިގޮސް ކާރަށް އެރި އެވެ. ޑްރައިވަރު ސީޓުގައި އިށީނުމަށްފަހު ކާރުގެ
ދޮރުފަތް ލައްޕައިލަން ހިފައިލި ތަނާހެން އިވާންގޮސް އެ ދޮރުފަތުގައި ހިފެހެއްޓި
އެވެ.
"ލެޓް
މީ ޑްރައިވް. މައިރާގެ އަމިއްލަ ސެލްފާ ދޭތެރޭ ކުޑަކޮށްވެސް ނުވިސްނާއިރު އަހަރެން
ކިހިނެއް މައިރާގެ އަތްމައްޗަށް ދުއްވާ އެއްޗެއް ދޫކޮށްލާނީ؟" އިވާން
ބެލީ މައިރާ ގޮތް ދޫކުރާނޭ ގޮތެއް ވޭތޯ އެވެ.
"ޔޫ
ކޭން ޓްރަސްޓް މީ!" މައިރާ އޭނާއާ ގާތަށް ދޮރުފަތް ދަމައިލި ނަމަވެސް އިވާން
މިފަހަރުވެސް އެކަމަށް ހުރަސް އެޅި އެވެ.
"ޕްފްފްފްޓް.
އެންޑް ހައު އެގްޒޭކްޓްލީ އޭމް އައި ސަޕޯޒްޑް ޓު ޑޫ ދެޓް؟"
އިވާން ޖެއްސުމުގެ ރާގެއްގައި އަހައިލި އެވެ.
"ޔޫ
ކޭން ޓްރަސްޓް މީ ބިކޯޒް މަލް އިޒް އިން ދިސް ކާރ. ޝޯން އިޒް އިން ދިސް ކަރ..
އެންޑް.. އެންޑް ބިކޯޒް ޔޫ ވިލް ބީ އިން ދިސް ކަރ" މައިރާ އިވާންއާ ދުރަށް
ނަޒަރު ހުއްޓައިލަމުން ބުންޏެވެ.
އިވާންއަށް
މައިރާ އެ ބުނީ ކީކޭކަން ނަގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. ދެން ފެނުނީ އޭނާ
ފުން ނޭވާއަކާއެކު މައިރާ އިން ފަރާތުގެ ދޮރު ލައްޕައިލުމަށްފަހު ލަސްލަހުން
ހިނގާލާފައިގޮސް ކާރުގެ ކުރީ ސީޓަށް އެރި ތަނެވެ. އޭރު ފަހަތު ސީޓުގައި ތިބި
މަލަކްއާއި ޝާވިންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަންހުރި ނަމަވެސް
މައިރާއާއި އިވާންގެ މޫޑު ހުރިގޮތުން އެމީހުންނަށް އެކަމާ ގުޅިގެން ސުވާލެއް
ކުރާކަށް ނުކެރުނެވެ. ވިލިމާލެއަށްދާ ގިމަތަ ދޮށަށް ކާރު މަޑުކޮށްލަންދެންވެސް
ކާރުގެ ތެރޭގައި އޮތީ ހިމޭންކަމެވެ.
"މައި
ދޮންތި ކޮން ކަމަކާ އެހާ ދެރަވެފަ؟" އެންމެން ގިމަތަދޮށަށް
ބޭލުމަށްފަހު މައިރާ ކާރު ބާއްވަން ދިޔަ ވަގުތު މަލަކް އިވާންގާތު އަހައިލި އެވެ.
އިވާންއަށް މަލަކްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމުން ކައިރީގައިހުރި ފިހާރައަށް
ވަނެވެ.
"ކޮބާ
ދެން ހުރި މީހާ؟" އޭގެ އިރުކޮޅެއް ފަހުން މައިރާއަށް
ކާރު ބާއްވާފައި އާދެވުނުއިރު އިވާން ފެންނަން ނެތުމުން އަހައިލެވުނެވެ.
"އެ
އަންނަނީ" ޓިކެޓު ނަގައިގެން އައި ޝާވިން ލޮލުގެ އިޝާރާތުން ފިހާރައަށް
ނުކުތް އިވާން ދައްކައިލި އެވެ.
"މައި؟
އޯކޭތަ؟ ބަލީތަ؟" މައިރާ އަޅައިގެންހުރި މާސްކަށް އިޝާރާތްކޮށް މަލަކް
އަހައިލި އެވެ.
"ނޫން
މިއީ.. އަދި އިއްޔެއެއްނު ޕްރެސް ބޭއްވީ.. ބޭނުމެއް ނޫން މީހުންގެ ލޮލުގަ
އަޅާކަށް" މައިރާ ބުނެލި އެވެ.
"އޯކޭއި.
ސޯ އެންމެން ހަމަވީނު. ހިނގާ ދޯ އެ ނައްޓާލަން އުޅޭ ފެރީއަށް އެރޭތޯ ދަމާ" ޝާވިން
މަލަކްގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. މައިރާއާއި އިވާން އެމީހުންގެ ފަސްފަހަތުންގޮސް ފެރީއަށް
އެރިއިރު ފެރީގައި ފުދޭވަރަކަށް ޖާގަ އޮތުމުން މައިރާ ނިންމީ މަލަކްމެންނާ އެއް
ސަފެއްގައި އިށީންނާށެވެ. އެކަމަށް ހުރަސް އެޅުނީ އެވަގުތު އިވާން އޭނާގެ އަތުގައި
ހިފައިގެން ދުރަށް ހިނގައިގަތުމުންނެވެ.
"ލެޓްސް
ގިވް ދެމް ސަމް ޕްރައިވަސީ" އިވާން ހިޔާލު ދިނެވެ.
މައިރާ
އެ ހިޔާލާ އެއްބަސްވި އެވެ. އިވާންއާއެކުގޮސް ފެރީގެ އެންމެ ފަހަތު ސަފުގައި
އިށީނދެލި އެވެ. ފެރީ ދުއްވައިލުމުން ކުޑަދޮރުތަކުން ވަދެގެން އައި ތޫފާނީ
ވައިރޯޅީގެ ހަމަލާތަކަށް އަމާންދެމުން ދެލޯ މަރައިލި އެވެ. ދެވަނަ ސިކުންތުގައި
އޭނާއަށް ސިހިފައި ދެލޯ ހުޅުވައިލެވުނީ އިވާންގެ ބީހުން އަތުގެ ނުފުށަށް
އިހުސާސްވުމުންނެވެ. ބަލައިލިއިރު އިވާން ނުހަނު ފަރުވާތެރިކަމާއެކު އެ
އަތުގައިހުރި ނިޝާންތަކުގެ މަތިން ބޭސްމަލަން އަޅައިދެނީ އެވެ.
"ދެން
ބޭނުން ވަރަކަށް ވިކާބަލަ" މައިރާގެ އަނެއް އަތް ގާތަށް ގެނެސް އެންމެފަހު
މަލަންކޮޅު ތަތްކޮށްލައިދެމުން އިވާން ބުންޏެވެ. އެދެމެދުގައި އިތުރު ވާހަކައެއް
ނުދެއްކުނު ނަމަވެސް ދެ ހިތަށްވެސް މިހާރުވަނީ ހަމަޖެހުމެއް ލިބިފަ އެވެ.
"މިހާރު
ހިއެއް ނުވެއެއްނު ކަމެއްވި ހެންވެސް" ވިލިމާލެ ބަނދަރަށް ހަތަރު މީހުން
އެކުގައި ފޭބުމާއެކު މަލަކްއަށްވެސް އެކަން ފާހަގަވެއްޖެ އެވެ.
"އަޅާނުލާ..
އެމީހުން އަބަދުވެސް އެވަރެއްގަ އުޅޭނީ. އެއްދުވަހު ވަރިފަށަށް އެރިއްޔާ އަނެއް
ދުވަހު ސުލްހަ ވާނެ" ޝާވިން ފަސްއެނބުރި މައިރާމެންނަށް ބަލައިލަމުން
ބުންޏެވެ. މައިރާ އެމީހުންނަށްވުރެން ދިހަވަރަކަށް ފޫޓު ފަހަތުގައި ހުރީ
ކެމެރާއިން ވިލިމާލޭގެ ހިތްފަސޭހަ މަންޒަރުތައް ފޮޓޯ ނަގަމުން އަންނާތީކަން
އެމީހުންނަށް އެނގުނެވެ. އަދި ފޯނާ ކުޅެމުން އައި އިވާން މައިރާގެ ދެތިން ފޫޓު
ފަހަތުން ހިނގަމުންދިޔައީ ކީއްވެކަންވެސް އެމީހުންނަށް ނަގައިގަނެވުނެވެ. އިވާންގެ
ނަޒަރު އެ ފޯނަށްވުރެ ގިނަފަހަރު ހުއްޓިފައި ހުންނަނީ މައިރާގެ ހަރަކާތް ތަކަށެވެ.
ލުއި
ކާނާ ޕެކެޓުތަކަކާއި މަޖާ ތަށިތަކެއް ގަނެގެން އަތިރިމައްޗަށްގޮސް ކާން ފެށިތާ މާ
ގިނައިރެއް ނުވަނީސް މޫސުން މާބޮޑަށް ގޯސްވާން އުޅޭކަމުގެ އަލާމާތްތައް ފެންނަން
ފެށުމުން މައިރާއާއި ޝާވިން ނިންމީ ދަތުރު ކުރުކޮށްލާށެވެ. ހިމަފޮދު ވާރޭގެ
ތިކިތަކުން މަގުމަތި ތެތްކޮށްލައި، އިރުވެސް އޮއްސެން ފަށައިފި އެވެ. ނަމަވެސް އެހާ
އަވަހަށް ގެއަށް ދާން ޖެހުމުން މަލަކް ހިތްހަމަނުޖެހިފައި ހުރިހެން ހީވެ، އެމީހުން
މާލެ އައިސް ގިމަތައާ ކައިރީގައިހުރި ރެސްޓޯރަންޓަކަށް ކޮފީއަށް އެރި އެވެ.
އިވާންއާއި
ޝާވިން ގެއަށް ގެންގޮސްދިނުމަށްފަހު މައިރާއާއި މަލަކްއަށް ގެއާ ދިމާލަށް މިސްރާބު
ޖެހިއިރު ވާރޭ ބޯކޮށްލައިފި އެވެ. މަލަކް ދިރިއުޅޭ
އެޕަރޓްމެންޓަށް ގެންގޮސްދިނުމަށްފަހު މައިރާ ލިފްޓަށް އެރީ ގެއަށްގޮސް ތާޒާ
ވެލައިގެން ތަންކޮޅެއް އަވަހަށް ނިދައިލަން ހިތުލައިގެނެވެ. ނަމަވެސް ހަތަރުވަނަ
ފަންގިފިލާއަށް ހުޅުވުނު ލިފްޓުން ނުކުންނަން ނޫޅެ އޭނާއަށް ހުރެވުނީ ކުއްލިއަކަށް
އެ ހިޔާލު ބަދަލުވި ފަދައިންނެވެ. ލިފްޓުގެ ދޮރު ލެއްޕުމުން ލަސް ހަރަކާތަކާއެކު
އޭނާ ތިންވަނަ ފަންގިފިލާގެ ފިތަށް ފިތައިލި އެވެ. ލިފްޓު އެ ފަންގިފިލާއަށް
ހުއްޓުމުން ވައަތް ފަރާތަށް ހުރި ނަދާލް ދިރިއުޅޭ އެޕަރޓްމެންޓްގެ ބެލް
އަޅައިލިއެވެ.
"މައި!"
ފުޅާ ހިނިތުންވުމަކާއެކު ދޮރު ހުޅުވައިލީ އައިލީން އެވެ.
"ލީން..
ބިޒީ ވަގުތެއްތަ؟" މައިރާ އައިލީންއަށް ބަލައިލި އެވެ. ހުޅި
ޖަހާލެވިފައިވާ ބުޅި އިސްތަށިގަނޑުގެ މަތިން އައްސާފައިވާ ސްކާރފާއި، މަޑު
ނޫކުލައިގެން ވައްތިރި ހެދުމުގެ މަތިން އައްސާފައިވާ އޭޕްރަންއިން އައިލީން އުޅުނީ
ބަދިގޭގެ މަސައްކަތެއްގައިކަން އެނގޭހާވެ އެވެ.
"ނޫނޭ..
ބިޒީއެއް ނޫން" އައިލީން އިތުރަށް ދޮރު ހުޅުވައިލަމުން މައިރާ ވަނުމަށް
ދައުވަތު ދިނެވެ.
"ކޯއްޗެއް
ތި ހަދާލަނީ" ނޭފަތުގައި ހަރުލައިގެންދިޔަ ފޮނިމީރު ވަހާއެކު އެތެރެއަށް ބޮޑު
ނޭވާއެއް ދަމައިލަމުން މައިރާ އައިލީންގެ ފަހަތުން ހިނގައިގަތެވެ.
"ޖަސްޓް
ބޭކިންގް ސަމް ކުކީޒް.. ޗޮކްލެޓް ޗިޕް އެންޑް ބްރައުން ބަޓަރ. ރަހަ ބަލާލަބަ މައި"
މޭޒުމަތީގައި ބަހައްޓާފައިހުރި ދެ ތަބަކުގެ ތެރެއިން އަވަނުން ނަގާފައިހުރި ތަބަކަށް
އިޝާރާތްކޮށްލަމުން އައިލީން ބުންޏެވެ. އޭނާ ދިޔައީ ދެން ހުރި ތަބަށް އަވަނަށް
ލާން ތައްޔާރު ކުރަމުންނެވެ.
"މްމްމް.
ވަރަށް މީރު އިނގޭ.. ލީން ހާދަ މޮޅޭ މާޝާﷲ" މައިރާއަށް ބުނެވުނެވެ.
"ތޭންކްސް..
މައި.. ވަރަށް.. ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބަ އޮތް" އައިލީން އަތް
ދޮވެލައިގެން އައިސް މައިރާގާތު އިށީނދެ މައިރާގެ އަތުގައި ހިފައިލި އެވެ. އޭނާ
އިނީ ހާސްވެފަ އެވެ.
"އަހަރެންނަށް
އެނގެޔޭ ލީން ތި ބުނަން އުޅޭ ވާހަކަ. މީ އެއްނު؟" މައިރާގެ
އޭނާގެ އަތުތެރޭގައި އޮތް އައިލީންގެ ވައަތް މައްޗަށް އުފުލައިލި އެވެ. "ކޮންގްރެޓްސް
ލީން.. އައިމް ރިއަލީ ހެޕީ ފޯރ ޔޫ" އޭނާ ހިނިތުންވެލި އެވެ.
"ނަދާލް
ބުނީ ދޯ އަހަރެންނަށްވުރެ ކުރިން. އަޅެ ރޭގަވެސް ގުޅަން އުޅުނިން އެކަމަކު މައި
ނިދާފަ އޮވެދާނެތީ" އައިލީން ތުން ފިއްތައިލި އެވެ.
"އަހަހަ.
އިޓްސް އޯކޭއޭ ލީން. ނެޑް ކޮބާތަ؟ ނޫޅޭތަ؟" ކޮޓަރީގެ
ދޮރަށް ނަޒަރެއް ދެމުން މައިރާ އަހައިލި އެވެ.
"ހުސްނީ
ގުޅައިގެންނޭ ބުނެފަ ދިޔަތާ އިރުކޮޅެއް ވެއްޖެ. މަޑުކުރޭ އެބަ ގުޅާލަ-"
"ނޯ
ނޯ ލީން.. އިޓްސް އޯކޭ.. އިޓް ކައިންޑަ ވަރކްސް ދެޓް ހީ އިޒް ނޮޓް ހިއަރ.. މި
ބުނި.. ލީންއާ ވަކިން ބައްދަލުވާނެކަމުގެ އުއްމީދުގަ އަހަރެން މި އައީވެސް" އައިލީން
އެތަނުން ތެދުވެގެން ދާން އުޅުމުން މައިރާ އައިލީންގެ އަތުގައި ހިފެހެއްޓި އެވެ.
"އަސްލު..
އަސްލު މި ވީހާ ދުވަހުވެސް މިވާހަކަ ލީންގާތު ނުބުނެވި މިހިރީ ނެޑް އެއްބަސް
ނުވާތީއާއެކު.. އަހަ.. އަހަރެންވެސް މި ވާހަކަ ދައްކަން ލަދުގަނެ.. ޖެހިލުންވާތީ.
ނެޑް ބުނެފަ އޮތީ މިރޭ އަހަރެންނާ ވާހަކަ ދައްކާނަމޭ އެކަމަކު.. އެކަމަކު
އަހަރެންނަށް އެނގޭ ދެންވެސް.. ލީންއަށް ހަޤީޤަތް ކިޔައިދޭކަށް ނެޑް އެއްބަހެއް
ނުވާނެކަން. އަހަރެންނަށް އެނގޭ ނެޑް މަސައްކަތް ކުރާނީ މި ސިއްރު ސިއްރެއް ގޮތުގަ
ބާއްވަން އަހަރެން ކޮންވިންސް ކުރަންކަން.. އަދި އަހަރެންނަށް އެނގޭ.. މި
ވާހަކަތަކަށްފަހު ލީންއަށް
އަހަރުމެންނާ ދޭތެރޭ މިހާރު ތި ބާއްވާ ގާތްކަން ނުބޭއްވޭނެކަންވެސް. އެކަމަކު
ކަންތައްތައް މިހިސާބަށް ދިޔައިމަ މިކަން ސިއްރުކޮށްފަ ބޭއްވުމަކީ އެންމެ ރަނގަޅު
ގޮތްކަން އަހަރެން ގަބޫލެއް ނުކުރަން.. އިޓްސް ނޮޓް ރައިޓް ފޯރ އަސް ޓު ކީޕް ޔޫ
އިން ދި ޑާރކް"
"މައި..
އަހަރެން މިހާރު ބިރުގަންނަން ފަށައިފި. ހެހެ" އައިލީން ނުތަނަވަސްކަމާއެކު
ހީނލި އެވެ.
"އަހަރެންވެސް"
މައިރާ ބޯ ޖަހައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލި ގޮތުން ހީވީ ހަނގުރާމައަކަށް
ތައްޔާރުވެލި ހެންނެވެ. "ލީން.. އިވާން ހީ.. ހީ އިޒް އިނަސެންޓް" އޭނާ
އައިލީންއާ ހަތަރުކަޅި ހަމަކޮށްލި އެވެ.
“އައި..
އައި ނިއު އިޓް މައި.." އައިލީން ހިނދުކޮޅަކު ހުއްޓުން އަރާފައި އިނުމަށްފަހު
ވާހަކަ ދެއްކިއިރު އެ ދެލޯ އުފާވެރިކަމުގެ ކަރުނައިން ބަރާވެގެންދިޔަ މަންޒަރު
މައިރާއަށް ފެނުނެވެ.
"ކޭސްގެ
ފެކްޓްސް.. އިވާން ޑްރަގްސްއަށް ޕޮޒިޓިވް ވުން.. ރަށު މީހުންގެ މަލާމާތް.. އެ
ހުރިހާ އެއްޗަކަށް ބަލާފަ އަހަރެންނަށް ރޫމީގެ ސައިޑް ދޫކޮށްލަން ނުކެރުނީ..
ނޭނގުމެއްގެ ތެރޭގަވިޔަސް އިވާންއަށް އެކަމެއް ކުރެވުނީކަމަށް ގަބޫލު ކުރެވުނީ..
އަހަރެންގެ ބުއްދިއާއި ވިސްނުން އިވާންއަށް ޝައްކު ކުރަން މަޖުބޫރު ކުރިޔަސް
އަހަރެންގެ ހިތް އަބަދުވެސް ބުނި އިވާން އެކަހަލަ ކަމެއް ނުކުރާނޭ" އައިލީން އަވަސްއަވަހަށް
ދެލޯ ފޮހެލުމަށްފަހު މައިރާގެ އަތުގައި ހިފައިލި އެވެ. "އެހެންވެ ދޯ މައި
މިއަދާ ހަމައަށްވެސް އިވާންގެ ސައިޑް ދޫކޮށްނުލާ ތި އުޅެނީ؟ މައިއަށް
އިވާން އިނަސަންޓް ކަން އެނގޭތީ ދޯ؟ ނަދާލް.. ނަދާލްއަށްވެސް
އެނގޭތަ؟
ކީއްވެ ނުބުނީ؟ ކީއްވެ އެކަކުވެސް
ނުބުނީ؟"
އޭނާ ޝަކުވާކުރި އެވެ.
"ލީން..
ނުބުނެވުނީ.. ބިކޯޒް.. ބިކޯޒް ނަދާލް އެންޑް އައި.. ވީ.. ވީ ފްރޭމްޑް ހިމް"
-
ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ