އީރާންގެ ފެށުން ނިންމާލީ އެއްވަރުވެގެން

އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާލުމުގެ ފުރަތަމަ އެއްބަސްވުމާ ހަމައަށް ދެވުނަސް ވޯލްޑް ކަޕްގައި އީރާންގެ ފުރަތަމަ މެޗަށް ނުކުތީ ވެސް، އެ ހަނގުރާމައާ ހެދި ބޮޑެތި ހުރަސްތަކެއް ގިރާކޮށްފަ އެވެ.
ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ނިއު ޒީލެންޑާ ދެކޮޅަށް ކުޅުނު މި މެޗަށް ފަހު އީރާނުން ދަނޑުން ފޭބީ 2-2އިން އެއްވަރުވެގެންނެވެ.
މެޗުގައި ދެ ފަހަރު ވެސް ފުރަތަމަ ކުރި ހޯދީ ނިއު ޒީލެންޑެވެ. އެކަމަކު އީރާނުން ދެ ފަހަރު ވެސް ފަހަތުން އަރާ ހަމަކުރި އެވެ.
މިއީ ހުރިހާ ގޮތަކަށް ބެލިޔަސް ދާދި އެއްވަރުގެ ކުޅުމެއް ފެނުނު މެޗެކެވެ. އެގޮތުން:
48%: އީރާނުން ބޯޅަ ގެންގުޅުނު ނިސްބަތް
41%: ނިއު ޒީލެންޑުން ބޯޅަ ގެންގުޅުނު ނިސްބަތް
17: އީރާނުން އުފެއްދި ހަމަލާ
14: ނިއު ޒީލެންޑުން އުފެއްދި ހަމަލާ
8: ގޯލަށް އަމާޒުކޮށް އީރާނުން ދިން ހަމަލާ
4: ގޯލަށް އަމާޒުކޮށް ނިއު ޒީލެންޑުން ދިން ހަމަލާ
މި ދެ ޓީމު ހިމެނޭ ގްރޫޕް ޖީގައި ރޭ ދަންވަރު ބެލިޖިއަމް އާއި މިސްރު ވާދަކުރި މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. އެހެންކަމުން ލަނޑުގެ ތަފާތުން ތާވަލްގެ އެއްވަނާގައި އުޅެނީ އީރާނާއި ނިއު ޒީލެންޑެވެ.
އީރާނާއި ނިއު ޒީލެންޑަށް ވެސް މިހާތަނަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ