މަޝްހޫރު ބޭންޑް "ދަ 1975" ގެ ފްރަންޓްމޭން މެޓީ ހީލީ އާއި މޮޑެލް ގެބްރިއެޓް ބެކްޓެލް، އެމެރިކާގެ ލޮސް އެންޖެލިސްގައި ކައިވެނިކޮށްފި އެވެ.
ނުވަ މަސް ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު 2024 ވަނަ އަހަރު އެންގޭޖްވި މި ދެމަފިރިން ކައިވެނިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
MU STORE
މި ކައިވެންޏާ ގުޅޭ ގޮތުން އެ ދެމަފިރިންގެ މަންދޫބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލޮސް އެންޖެލިސްގައި އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންގެ ހާޒިރުގައި ކަމަށެވެ.
އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ހޮލީވުޑް ހިލްސްގައި ހުންނަ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާގެ ކުރީގެ ގޭގަ އެވެ. އަދި މި ހަފުލާގައި ޗާލީ އެކްސް.ސީ.އެކްސް ފަދަ މަޝްހޫރު ފަންނާނުން ބައިވެރިވެފައިވެ އެވެ.
އުމުރުން 28 އަހަރުގެ ބެކްޓެލް އާއި 37 އަހަރުގެ ހީލީގެ ގުޅުން ފެށިފައިވަނީ، 2023 ވަނަ އަހަރު ކުރު މުއްދަތަކަށް ހީލީ އާއި ޓޭލާ ސުވިފްޓް ރައްޓެހިވެގެން އުޅުމަށްފަހު ވަކިވިތާ މަސްތަކެއް ފަހުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓޭލާ ސުވިފްޓްގެ މަގުބޫލު އަލްބަމް "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" ގެ ބައެއް ލަވަތަކަކީ ހީލީއާ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލަވަތަކެކެވެ.
އެމެރިކާގެ މޮޑެލް ބެކްޓެލް އަކީ މިއުޒީޝަނެއްގެ އިތުރުން، ޗާލީ އެކްސް.ސީ.އެކްސް އުފެއްދި ޕަންކް ރޮކް ބޭންޑް "ނާސްޓީ ޗެރީ" ގެ ލީޑް ވޯކަލިސްޓް އަދި ލަވަލިޔުންތެރިޔާ ވެސް މެއެވެ.
"ދަ 1975" ބޭންޑަކީ "ޗޮކްލެޓް"، "ސަމްބަޑީ އެލްސް" އަދި "ގާލްސް" ފަދަ މަގުބޫލު ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ ބޭންޑެކެވެ. އެ ބޭންޑުން ވަނީ ޔޫކޭގެ ޗާޓުތަކުގެ އެއްވަނަ ހޯދި ފަސް އަލްބަމެއް ނެރެފަ އެވެ.
މި ބޭންޑަކީ މިދިޔަ އަހަރުގެ ގްލެސްޓަންބަރީ ފެސްޓިވަލްގެ މައިގަނޑު އެއް ހުށަހެޅުން ވެސް ހުށަހަޅައިދިން ބޭންޑެވެ. ނަމަވެސް، އެ ބޭންޑުން މިހާރު ވަނީ ލައިވް ޝޯތައް ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފަ އެވެ.
މަޝްހޫރު މިޔުޒިޝަން މެޓީ ހީލީ އާއި މޮޑެލް ބެކްޓެލް ކައިވެނިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ