އައްޑޫއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ފަސް ކިލޯގެ ޑްރަގް އަތުލައިގަނެފި

އައްޑޫ ސިޓީއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 5.5 ކިލޯގެ ޑްރަގް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން  މިދިޔަ ހޮނިހިރު ދުވަހު އަތުލައިގަނެފި އެވެ. 
ކަސްޓަމުން ބުނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން 5.5 ކިލޯގެ ޑްރަގު ފެނުނީ އިންޑިއާއިން ރާއްޖެ އައި އިންޑިއާއަށް ނިސްބަތްވާ ދެ ފަސިންޖަރެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. 
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
އަތުލައިގަތް ޑްރަގުގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ ކެނެބިސް ކަމަށް ކަސްޓަމުން ބުންޏެވެ. 
ރާއްޖެ އަންނަ އިންޑީއާ މީހުން އަތުން ޑްރަގް ފެނުން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ އެކަން އެ ގައުމުގެ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެއީ ބައެއް މީހުން އޮޅުވާލައިގެން ޑްރަގް ދީފައި ފޮނުވާތީ އެވެ. 
ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން އެތެރެކުރަން މަަސައްކަތްކުރި ގިނަ އަދަދެއްގެ ޑްރަގް ކަސްޓަމުން މި އަހަރު ތެރޭގައި ވަނީ އަތުލައިގަނެފަ އެވެ. އެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ