ގެއްލިގެން ހޯދާ އާތިފާ ކަމަށް ބުނާ މީހަކު އާއިލާއަށް ގުޅައިފި

ވިލިމާލެއިން ގެއްލިގެން ހޯދާ ޢާތިފާ ޢަބްދުﷲ، 53ގެ ނަމުގައި ވިލިމާލޭ ފިހާރައެއްގެ ނަމްބަރަކުން އާއިލާއަށް ގުޅައިފި ކަމަށް ފުލުހުން ބުނެފިއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، މިހާރު ކުރިއަށް ދަނީ އާއިލާއަށް ގުޅީ އާތިފާކަން ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެކަން ކަށަވަރު ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އާތިފާ ގެއްލިގެން ހޯދުމަށް އެދި ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 10:25 ހާއިރެވެ. އެ ރިޕޯޓާ އެކު އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައި ވާކަމަށް ފުލުހުން ބުންޏެވެ. https://sun.mv/179172 ޢާތިފާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާ އެންމެ ފަހުން ފެނިފައި ވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން ހުކުރު ދުވަހުގެ ރޭ 22:45 ހާއިރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ