ހިންނަވަރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ފައިރޫ ކިޔައިދެނީ އާ ސިޔާސަތުތަކަކާއި ކަން ކުރާނެ ގޮތް!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވާ ހުސައިން ފައިރޫޒުގެ ސިޔާސަތުތަކާއި އެކަންކަން ތަންފީޒު ކުރާނެ ގޮތުގެ ޕްލޭން ލޯންޗު ކޮށްފިއެވެ.
އެގޮތުން ފައިރޫޒުގެ މައިގަނޑު އަމާޒަކީ، ސިޔާސީ ގޮތުން ކުރާ ތަފާތުކުރުންތައް ނައްތާލުމުގެ ވާހަކަތަކާއި ފިކުރަށްވުރެ ގައުމީ ތަރައްގީގެ ވިސްނުމުގައި ދާއިރާގެ  މަސްލަހަތު އިސްކޮށް، ރަށާއި ރަށުގެ އިހުތިސާސުގެ ހަގީގީ މަންފާ ހަމަހަމަކަމާއެކު ރައްޔިތުން ތަޖުރިބާ ކުރާނެކަން ސާބިތުކޮށްދިނުމެވެ.
ފައިރޫޒު ގަބޫލުކުރައްވާ ގޮތުގައި ވޯޓުލީ ގޮތް ބަލައި ހޯދައި، ވަކި ސިޔާސީ ފިކުރެއް އިސްކޮށްގެން މެންބަރުކަމުގައި ހުންނެވުމަކީ ޖުމްލަ ރައްޔިތުންގެ މެދުގައި ވެވޭ ބޭއިންސާފެކެވެ.
ސިޔާސީ ސަލާންޖެހުން ނިމުމަކަށް ގެނައުން
ހިންވަރުގެ ތަރައްގީއާއި ކުރިމަގު ބައްޓަން ކުރުމުގައި ސިޔާސީ ވަކި ފަރާތަކަށް ނުވަތަ އޭރެއްގައި ބާރުތައް ފުރޮޅޭ ބައެއްގެ ރުހުން ހޯދުމުގެ ނިޔަތުގައި ނުވަތަ އާދޭސްކޮށްގެން ސަލާންޖަހައިގެން ކަންކަން ކުރުމުގެ ސަގާފަތް ފައިރޫޒުގެ މެންބަރުކަމުގައި ނިމުމަކަށް ގެންނާނެ އެވެ.
ފައިރޫޒު ވިދާޅުވިގޮތުގައި އާދޭސްކޮށްގެން ކުރާކަމެއްގެ ނަތީޖާ ފޮންޏެއް ނުވާނެއެވެ.
ރައްޔިތުންނާއި މެންބަރާއި ދެމެދު ދާއިރާގެ ކުރިއެރުމާއި މުސްތަގުބަލާއި ގުޅޭ ކަންކަމުގައި މުއާމަލާތްކުރުމަށް އިތުރު މެދުވެރިޔަކު ހުރުމުގެ ޒަމާންވީ ބޭފުޅުކަމުގެ ވައްޓަފާޅި ފައިރޫޒުގެ މެންބަރުކަމުގެ ފުރަަތަމަ ދުވަހުން ފެށިގެން ނިމުމަކަށް އަންނާނެއެވެ.
ކެންޑިޑޭޓް ފައިރޫޒު އެންމެ ބޮޑަށް ތަންފީޒުކުރައްވަން ބޭނުންފުޅުވާ އެއް ސިޔާސަތަކީ މަޖިލިސް މެންބަރުގެ މޭޒުކޮޅުމަތީގައި ބެހެއްޓިފައި ހުންނަ ވޯޓު ފިތަކީ ހިންނަވަރަށްޓަކައި، ހިންނަވަރު ރައްޔިތުންގެ ތަކުލީފަށް ނިމުމެއް ގެނައުމަށް ފަހުރުވެރިކަމާއެކު ފިތާލެވޭ ހިންނަވަރުގެ ރައްޔިތުންގެ މިލްކިއްޔާތަކަށް ހެދުމެވެ.
11 އަހަރުގެ ކާމިޔާބު ވިޔަފާރިއެއް ކަމުގައިވާ، ހުޅުމާލެ ބީޗުގައި ހިންގަމުން އަންނަ ވޯޓާ ސްޕޯޓްސް ސެންޓަރު 2020 ވަނަ އަހަރު ރީބްރޭންޑުކޮށް، އެ ވިޔަފާރި ފުޅާ ކުރައްވަމުން އަަންނަ  ފައިރޫޒަކީ މޫދާވެސް ރަށްޓެހި، މޫދު ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ ފައިތިލަތައް ބައިނަލްއަގްވާމީ މައިދާނުގައި ސާބިތުކޮށްދިނުމަށް ފެށުނީއްސުރެ މަސައްކަތް ކުރައްވަމުން އަންނަ ޒުވާން ބޭފުޅެކެވެ.
ފައިރޫޒު ވިދާޅުވީ ތައުލީމީ މަންހަޖުގެ ތެރެއިން މޫދު ކުޅިވަރު ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ހުވަފެން ހަގީގަތަކަށް ވާންދެން ދޫދިނުމެއް ނެތް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ