އުރީދޫ ފަން ރަން އައްޑޫ 3،000އަށް ވުރެ ގިނަ ބައިވެރިންނާ އެކު ނިންމާލައިފި

އުރީދޫން އައްޑޫގައި ކުރިއަށްގެންދިޔަ އުރީދޫ ފަން ރަން 3،000އަށް ވުރެ ގިނަ ބައިވެރިންނާ އެކު މިއަދު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ.
މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު މަރަދޫން ފެށިގެންނެވެ. ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް މި ރަން އިތުރަށް ފަޅުފިލައިގެން ދިޔަ އެވެ.
ފަން ރަން ނިންމި ކޮންމެ ދުވުންތެރިޔަކަށް ވެސް އައްޑޫގައި ބޭއްވި މި ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މެޑަލެއް ލިބުނެވެ. އައްޑުއަށް ހާއްސަ ދޫންޏެއް ކަމަށްވާ ދޮން ދީނީ މި މެޑަލްގައި ހިމެނެ އެވެ.
"އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގެ މޭޔަރަށާއި އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުންނާއި އިހުލާސްތެރި މުވައްޒަފުންނަށާއި މި ހަރަކާތް ހަގީގަތަކަށް ހެދުމަށް އެއްބާރުލުން ދެއްވި ވޮލަންޓިއަރުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރަމެވެ،" އުރީދޫން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ