13 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15 އޭޕްރީލްގައެވެ. މުބާރާތުގައި ވާދަކުރަން ބޭނުން
ވާ ފަރާތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 11 އޭޕްރީލްގެ 22:00 އާއި ހަމައަށެވެ. މުބާރާތުގެ ގުރުއަތުލުން އޮންނާނީ 13 އޭޕްރީލްގައި ކެރަމް ހޯލުގައެވެ.
ހުޅުމާލެ ކެރަމް ހޯލުގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ޖޫނިއާ ބޯއީސް ސިންގަލްސް، ޖޫނިއާ ގާލްސް ސިންގަލް، ޖޫނިއާ ބޯއީސް ޑަބަލްސް، ސީނިއާ މެންސް ސިންގަލްސް، ސީނިއާ ވުމެންސް ސިންގަލްސް ސީނިއާ މެންސް ޑަބަލްސް ސީނިއާ މުވެންސް ޑަބަލްސް އަދި އޯޕަން ސިންގަލްސް އިވެންޓު ހިމެނެއެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން ސީނިއާ ކެޓަގަރީގައި ވާދަކުރާނަމަ 150 ރުފިޔާ އަދި ޖޫނިއާ ކެޓަގަރީގައި ވާދަކުރާނަމަ 100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.
އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް 13 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ