ފީފާ ވޯލްޑްކަޕްގެ ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް ސެމީ ފައިނަލްގައި ނޮދާން އަޔަރލޭންޑް އާއި ދެކޮޅަށް އިޓަލީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިޓަލީ މޮޅުވެ ވޯލްޑްކަޕްގެ ފުރުސަތު ބޮޑުކޮށްފި އެވެ.
އިޓަލީގެ ބަރގާމޯގެ ނިއު ބެލެންސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުން އިޓަލީ މޮޅުވުމާއިއެކު އެ ޓީމަށް ދެން ޖެހޭނީ ޕްލޭއޮފްގެ ފައިނަލުގައި ބޮސްނިއާ ހޭޒްގޮވީނާ އާއި ދެކޮޅަށް މި މަހުގެ 31 ވަނަ ދުވަހު ކުޅޭ މެޗަށް އިންތިޒާރު ކުރުމަށެވެ. އަދި އެ މެޗުން އިޓަލީ މޮޅުވެއްޖެނަމަ އެ ޓީމަށް 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑްކަޕުން ފުރުސަތު ލިބިގެންދާނެ އެވެ.
ޖެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިޓަލީ އިން ނޮދަން އަޔަރލޭންޑާއި ދެކޮޅަށް ރޭ ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ވަނީ ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި އިޓަލީ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުންދާ ސެންޑްރޯ ޓޮނާލީ އެވެ.
އިޓަލީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައިވަނިކޮށް ސެންޑްރޯ ޓޮނާލީގެ އެސިސްޓަކުން މޮއިސް ކީން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ނޮދާން އަޔަރލޭންޑް މި މެޗުން ބަލިވެ ވޯލްޑްކަޕްގެ ފުރުސަތު އެ ޓީމަށް ގެއްލިފައިވާއިރު މިއީ 40 އަހަރުގެ ތެރޭގައި ވޯލްޑްކަޕްގެ ފުރަތަތު އެ ގައުމަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
ޕްލޭއޮފްގެ ފައިނަލުގައި އިޓަލީ އާއި ދެކޮޅަށް ނިކުންނަ ބޮސްނިއާ ހޭޒްގޮވާނާ ވަނީ ރޭ ވޭލްސް އަތުން މޮޅުވެފަ އެވެ. ކާޑިފްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން ބޮސްނިޔާ ހޭޒްގޮވީނާ މޮޅުވެފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ.
ނޮދަން އަޔަލޭންޑް ބަލިކޮށް އިޓަލީން ވޯލްޑްކަޕްގެ ފުރުސަތު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ