މި އުސޫލުގެ ދަށުން ރާއްޖެ އަންނަ ހާފިޒުންނަށް އެއްވެސް ފީއަކާ ނުލައި 45 ދުވަހުގެ ސްޕެޝަލް ވިސާއެއް ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ވިސާއަށް އެދޭއިރު ހާފިޒުގެ ޕާސްޕޯޓު ކޮޕީއާއި ފޮޓޯގެ އިތުރުން ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަން ޖެހެއެވެ. އަދި ހާފިޒުންނާ އެކު އާއިލާގެ މެންބަރަކު އަންނަ ނަމަ، ދަތުރު ފެށުމުގެ ކުރިން ސްޕޮންސަޝިޕް ޑެކްލަރޭޝަން ހުށަހަޅައިގެން ޓޫރިސްޓު ވިސާގައި އެތެރެވުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
އިމިގްރޭޝަނުން ވަނީ ހާފިޒުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ވިސާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އެ މީހުން ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އިސްލާމިކް މިނިސްޓްރީން ހުއްދަ ނަގާފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ރޯދަ މަސް ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ދެވޭނެ: އެމްޑީޕީ ފަހުދިހައިގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް ރައީސް އިލްތިމާސްކޮށްފި އޮރެންޖާ އާފަލުގެ އަގު ދެ ގުނައަށް އުފުލިއްޖެ ރޯދައަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް މަގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ