ވީއައިއޭގައި ޑޮލަރު މާރުކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޑޮލަރު ވިއްކި ބިދޭސީއެއް ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ތުސާރު ދަލި (20އ) އެވެ.މި މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މީގެ ކުރިން ވެސް މިފަދަ މައްސަތަލުގައި ބައެއް ބިދޭސީން ހައްޔަރުކޮށްފައިވާ އިރު، ކަޅު ބާޒާރުގައި ބިދޭސީން ޑޮލަރު ވިއްކާ މައްސަލަ ދޭތެރެ ދޭތެރެ އިން ފެންމަތިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ