ޚާލިދާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ.ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ޒަމާނުއްސުރެ ބިނާވެފައި އޮތީ އެ ދެ އަންހެނުންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ތެރޭގަ އެވެ. އެއްފަހަރު އިދިކޮޅުގައި އެކަކު ހުންނަވައިފި ނަމަ އަނެއް ބޭފުޅަކު ސަރުކާރު ހިންގެވުގަ އެވެ."އަހަރެމެންގެ އެންމެ މަގުބޫލު ލީޑަރު މިހާރު އަހަރެމެންގެ ތެރޭގައި ނެތް. މިއަދު ހެނދުނު 6:00 ޖެހި އިރު އޭނާ އަހަރެމެން ދޫކޮށް ހިނގައްޖެ،" ހާލިދާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ފޭސްބުކްގައި އިއްޔެ ބުންޏެވެ.ބަންގްލަދޭޝްގެ އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޚާލިދާ އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވީ 2001-2006 އަށެވެ. އަދި އޭނަ އަކީ ބަންގްލަދޭޝްގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.ހާލިދާ އަވަހާރަވި އިރު، ގައުމުން ބޭރަށް އަރުވާލެވިގެން ލަންޑަންގައި 17 އަހަރު ދިރިއުޅުއްވުމަށް ފަހު އޭނަގެ ދަރިކަލުން އަދި ބީއެންޕީގެ އެކްޓިން ޗެއާޕާސަން ތާރީގް ރަހުމާން މި މަހުގެ 25 ގައި ބަންގްލަދޭޝް އަށް ވަޑައިގެންފައިވެ އެވެ.ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޚާލިދާ އަވަހާރަވުމުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފަ އެވެ. ހާލިދާގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ