އާމިރުގެ 'ސިތާރޭ ޒަމީން ޕަރު'ގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެރެކްޓާ ފެންނާނެ
އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރު"އިން ވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެރެކްޓާތަކެއް ފެންނާނެ ކަމަށް އެކްޓަރު ބުނެފިއެވެ. ގިނަ ބައެއްގެ ލޯ އާމިރުގެ 2007 ވަނަ އަހަރުގެ ފިލްމު "ތާރޭ ޒަމީން ޕަރު"ގެ ސީކުއަލްއަށް ހުއްޓިފައިވާއިރު މި ސީކުއަލްއިން ޑައުން ސިންޑްރަމް އާއި އޯޓިސްޓިކް ދިހަ ކުދިންގެ ކެރެކްޓާ ފެންނާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. މިއިން ކޮންމެ ކެރެކްޓާ އަކީ ވެސް ދިރިއުޅުމުގައި ތަފާތު އެކި ގޮންޖެހުންތައް ކޮންމެ ދުވަހަކު ވެސް ކުރިމަތިލާ ބައެއް ކަމަށާއި 2007 ވަނަ އަހަރުގެ ފިލްމަށްވުރެ "ސިތާރޭ ޒަމީން ޕަރު" ބެލުންތެރިން ޖަޒުބާތީ ކުރުވާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރު އެކްޓު ކުރުމުން ބްރޭކެއް ނެގުމަށްފަހު އެނބުރި ފިލްމު އުފެއްދުމަށް ނުކުމެފައިވާއިރު ބޮޑަށް ބޭނުންވަނީ ފިލްމު ޕްރޮޑިއުސްކޮށް އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ އުފެއްދުންތައް ހަރުދަނާ އުފެއްދުންތަކަކަށް ހެދުމަށް ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އުފައްދާ ފިލްމު "ސިތާރޭ ޒަމީން ޕަރު" އެއީ ވަރަށް ގިނަ ބައެއްގެ އުއްމީދުތައް އެ ފިލްމަކާ ގުޅިފައިވާ އާމިރު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ފިލްމެކެވެ. އާމިރުއާ އެކު މި ފިލްމުގެ މުހިއްމު ރޯލްއިން ބަތަލާ ޖެނީލިއާ ދޭޝްމުކް ފެންނާނެއެވެ. ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ބަތަލާ ޖެނީލިއާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މި ފިލްމުގެ ރިލީޒްކުރާނެ ތާރީޚެއް ޔަގީންވެފައި ނެތް އިރު ބައެއް ރިޕޯޓުތައް ބުނާގޮތުން "ސިތާރޭ ޒަމީން ޕަރު" މި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެއެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ޓްރެއިލާ ކުރިއަށް އޮތް މެއި މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ