ތޫފާނުގައި ޖެހުނު ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު މިރޭ ރާއްޖެ އަންނާނެ: ސީބީއެމް ތޫފާނުގައި ޖެހުނު ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު މިރޭ ރާއްޖެ އަންނާނެ: ސީބީއެމް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކުރިއަށްދިޔަ އޭސީސީ 19 އަހަރުންދަށުގެ ޕްރިމިއާ ކަޕްގައި ވާދަކުރުމަށް ފަހު އެނބުރި ރާއްޖެ އަންނަން ކުރި ދަތުރުގައި، ތޫފާނުގައި ޖެހި ތާށިވި، ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު މިރޭ މާލެ އަންނަން ގޮތަށް ހަމަޖެހިއްޖެ އެވެ.
ދުބާއީ އިން ރާއްޖެ އައުމަށް، 19 އަހަރުން ދަށުގެ ކްރިކެޓް ޓީމުން، ދަތުރު ފެށީ ރޭ ދަންވަރު 3:30 ގަ އެވެ. ލަންކާގެ ވެރި ރަށް، ކޮލަމްބޯގައި ޓްރާންސިޓްވެފައި، މާލެ އަންނަ ގޮތަށް ހަމަޖެހިފައި އޮތް އެ ދަތުރަށް ބުރޫ އެރީ "ބޭ އޮފް ބެންގާލް" ގައި އުފެދިފައިވާ ތޫފާނާ ހެދި އެވެ. އަދި، ކްރިކެޓް ޓީމު ދަތުރުކުރަމުންދިޔަ، ސްރީލަންކަން އެއާލައިންސްގެ ފްލައިޓް، ކޮލަމްބޯ އަށް ދިއުމުގެ ބަދަލުގައި، ދިޔައީ އިންޑިއާގެ ޓްރިވެންޑްރަމް އަށެވެ.
ޓްރިވެންޑްރަމް އަށް ދިއުމަށް ފަހު، ގިނަ ވަގުތުތަކެއް ބޯޓު ތެރޭގައި ތިބެން ޖެހުމަށް ފަހު، ލަންކާ އަށް ދިއުމަށް ކަންތައްތައް ހަމަޖެހުމުން، މިހާރު ވަނީ، ކޮލަމްބޯ އަށް ގޮސްފަ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އޮފިޝަަލަކު، "އަދަދު ސްޕޯޓްްސް" އަށް ބުނީ، މިރޭ 18:50 ގައި، ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ސްރީ ލަންކަންް އެއާލައިންސްގެ ޔޫއެލް103 އިން ޓީމު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ދަތުރު ފަތުރު ކުރުމުގައި މި ގޮތަށް ދިމާވާ ކުއްލި ހާލަތު ދިމާވާ ކަންތައްތަކުގައި، ދަތުރުކުރާ އެއާލައިނުން ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި އެއީ އެސޯސިއޭޝަންގެ ކޮންޓްރޯލްގައި ވަކި ގޮތަކަށް ކުރެވެން އޮންނާނެ ކަމެއް ނޫން ކަމަށް ވެސް އޮފިޝަލް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ