ނަޝީދަށް އިންޒާރު ދިން ޔާފިސް 10 އަހަރަށް ޖަަލަށްލުމަށް ހުކުމްކޮށްފި

ރައީސް މުހައްމަދު ނަޝީދު މަރާލާނެ ކަމަށް ބުނެ އިންޒާރު ދީގެން 2021 ވަނަ އަހަރު ހައްޔަރުކުރި އިސްމާއީލް ޔާފިސް، 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - އޭރު ރާއްޖޭން ބޭރުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ "ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް ހަދާލާނެ" ކަމަށް ބުނެ ފޭސްބުކްގައި ދިން އިންޒާރަކާ ގުޅިގެން އޭނާ ހައްޔަރުކުރީ ރ. މީދޫންނެވެ.
އޭގެ ފަހުން އޭނާ ވަނީ ފުލުހުންގެ ތަހުގީގާއި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް، ރައީސް ނަޝީދު މަރަން އިންޒާރު ދީފަ އެވެ.
ވީ ކިހިނެއް؟ - ޕީޖީ އޮފީހުން ބުނި ގޮތުގައި، ހައްޔަރުކޮށްފައި ހުންނަތާ ހަތަރު އަހަރު ފަހުން 10 އަހަރަށް ޖަލަށް ލާން ޔާފިސްގެ މައްޗަށް ދައުވާ ކުރީ ތިން މައްސަލައަކަށެވެ.
އެއީ:
ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން - 2 އަހަރު
ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުން - 3 އަހަރު
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން - 5 އަހަރު
ޔާފިސްއަކީ ކާކު؟
މަސްތުވާތަކެތީގެ މައްސަލައެއްގައި 2006ގައި 25 އަހަރަށް ޖަލަށްލި 
އެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވި އަފޫއާންމެއްގެ ދަށުން 2008ގައި ޖަލުން މިނިވަންވި 
2009ގައި އަނެއްކާވެސް ޑުރަގުގެ މައްސަލައެއްގައި ހައްޔަރުކޮށް، ކުރީގެ ހުކުމް ތަންފީޒު ކުރަން ޖަލަށްލި
ނަޝީދުގެ ސަރުކާރުން ހިންގި ދެވަނަ ފުރުސަތު ޕުރޮގްރާމުގެ ދަށުން 2011ގައި މިނިވަންވި
2015ގައި އެހެން މައްސަލައެއްގައި ހައްޔަރުކޮށް ޖަލަށްލި
ހުކުމުގެ ބާކީ އޮތް 10 އަހަރަށް މާފު ދިނީ މިދިޔަ ސަރުކާރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ