ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ ގޮތް ހަދައިފި ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ ގޮތް ހަދައިފި

ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ދިރާގު ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ #225* އަށް ޑައިލްކޮށްގެން ލަންކާއަށް އެއް ހަފްތާގެ މުއްދަތުގެ ތެރޭގައި 30 މިނެޓު ހިލޭ ގުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ލަންކާއަށް ހިލޭ ގުޅޭނެ އިންތިޒާމު ހަމަޖެއްސީ އެ ގައުމުގައި ތިބި އާއިލާ މީހުންނާއި ރައްޓެހިންނަށް ގުޅައި ހާލު ބެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ދިވެހިން އުޅޭ ގައުމުތަކުގައި ހިނގާ ކާރިސާތަކުގައި ދިރާގުން ހިލޭ ގުޅޭނެ އިންތިޒާމުތައް މީގެ ކުރިން ވެސް ހަމަޖައްސާފައިވެ އެވެ.
ތޫފާން ޑިޓުވާގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއްވެ، 56 މީހުން މިހާތަނަށް މަރުވެފައިވާއިރު، ދިވެހި އެމްބަސީއިން ދަނީ ލަންކާގައި ދިރިއުޅޭ އާއިލާތަކުގެ ސަލާމަތީ ކަންކަން ގާތުން ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ