ދިރާގު ނަމްބަރުތަކުން ވެސް މިހާރު ލަންކާއަށް ހިލޭ ގުޅޭނެ

އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން، ދިރާގުގެ ކަސްޓަމަރުންނަށް އެ ގައުމަށް ހިލޭ ގުޅޭ ގޮތް ހަދައިފި އެވެ.
ލަންކާގައި ރާއްޖޭގެ ގިނަ ބަޔަކު ދިރިއުޅެމުން ދާއިރު، އުރީދޫ މޯލްޑިވްސް އިން ވެސް މިއަދު ވަނީ، އެ ކުންފުނީގެ ނަންބަރުތަކުން 24 ގަޑިއިރު ހިލޭ ލަންކާއަށް ގުޅުމުގެ ފުރުސަތު ދީފަ އެވެ.
ވީ ކިހިނެއް؟ - ދިރާގުން ބުނީ މި އުނދަގޫ ދަނޑިވަޅު، އެ ކުންފުނީގެ ކަސްޓަމަރުންނަށް 30 މިނިޓު ވާންދެން ލަންކާއަށް ހިލޭ ގުޅޭނެ ކަމަށެވެ.
ދިރާގުން ބުނީ:
ހިލޭ ގުޅުމަށް *225# ޖެހުމަށް
އެ ހިދުމަތް ހަފުތާއެއް ވަންދެން ލިބޭނެ ކަމަށް
އެނގުން މުހިއްމު- ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން 'ޑިޓުވާ'ގައި ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 40އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 21 މީހަކު ގެއްލިފައިވާއިރު، 10 މީހަކަށް އަނިޔާވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ