ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އޮގަސްޓުގެ ނިޔަލަށް 141 މަގެއްގެ 21,663 ކާނު ވަނީ ސާފުކުރެވިފައި: ސިޓީ ކައުންސިލް

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލޭގެ ގިނަ މަގުތަކެއްގެ ކާނު މިހާރު ސާފުކުރެވިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ޖުމުލަ 141 މަގެއްގެ 21,663 ކާނު ސާފު ކުރެވިފައިވާކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމުންނަށް ދިމާވާ ދަތިތަކުން ސަލާމަތްވުމަށްވުމަށާއި، ހިތް ފަސޭހަ މަގުތަކެއް ގާއިމުކުރުމަށް ކުރަމުންގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި 6 މަސްދުވަހުގެ ތެރޭގައި މާލޭ މަގުތަކުގެ ކާނުތައް ސާފުކޮށް ނިމޭނެ ކަމަށް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރުވެސް މީގެކުރިން ވިދާޅުވެފައިވެއެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުންވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ފެން ހަރުލާ ސަރަހައްދުތަކުގެ ކާނުތައް ސާފުކޮށް، އެ ސަރަހައްދުތަކުގައި ފެން ހިންދުމަށް ހޮޅިއަޅާ ގުޅުވައި މަރާމާތުކުރުމުގެ އިތުރުން ޒަމާނީ ފެންވަރުގެ "ގްލޯބަލް" ޕަންޕު ގެނައުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ