މީޑިއާ ކޮމިޝަން ހިންގަން ވަގުތީ ކޮމިޓީ ނަގައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެންބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ވަގުތީ ކޮމިޓީއެއް އެކުލަވާލައިފި އެވެ.ވަގުތީ ކޮމިޓީގައި ހިމެނެނީއަލީ ޒަކީ، ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްއަހުމަދު މައުސޫމް، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްއާމިނަތު ނަސީރު، އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްއާމިނަތު ޝާހިދާ، އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްއިމާދު މުހައްމަދު، ގައުމީ އަރުޝީފުގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވްމި ކޮމިޓީގެ ރައީސް އަދި ނައިބު ރައީސް ކަނޑައަޅާނީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެ ވޯޓު ނަގައި ކޮމިޓީގެ ވެރިން އައްޔަންކުރި ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސް މުއިއްޒު ވަނީ އުފައްދަވާފަ އެވެ.ރައްޔިތުން މަޖިލީހުން މީޑިއާ ބިލް ފާސްކޮށް، ރައީސް މި ބިލް ތަސްދީގު ކުރެއްވީ ބިލްގައި ހުރި ކަންބޮޑުވުންތަކަށް ފަރުވާއެއް ނުލިބޭ ކަމަށް ބުނެ ނޫސްވެރިން ހުއްޓާނުލައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ