އެޑްވަޓޯރިއަލް: އައިކެއާ އޮޕްޓިކަލްސްއިން އައިނު ހައްދައިގެން 2 މީހަކަށް 3 ދުވަހުގެ މެލޭޝިއާ ދަތުރެއް
އައިނު ބަދަލުކުރުމަކީ ކޮންމެ އަހަރަކު ނުވަތަ ދެ އަހަރުން އެއް އަހަރު އާންމުކޮށް ކުރާ ކަމެކެވެ. އެއީ ދުނިގަނޑު ބަދަލުކޮށްލަން ނުވަތަ ލެންސްގެ ނަންބަރު ބަދަލުކުރުން ފަދަ ސަބަބުތަކަށް ޓަކައެވެ. ލޮލުގެ ފަރުވާއާ ގުޅޭ މިފަދަ ކަންކަމަށް، ރާއްޖޭގެ ގިނަ ބަޔަކަށް އެންމެ ކަމުދަނީ އައިކެއާއެވެ. އައިކެއާއަކީ މިހާރު ވެސް ގިނަ ބަޔެއްގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށްވާއިރު، ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް، އައިކެއާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަނީ ދެ މީހަކަށް ތިން ދުވަހުގެ މެލޭޝިއާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފައެވެ. މި ޕްރޮމޯޝަންގައި އައިކެއާއިން ހައްދާ ކޮންމެ ނަންބަރު އައިނަކަށް 1،000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރެއް ލިބޭނެއެވެ. އަދި އައިނު ގަންނަން މި ވައުޗަރު ބޭނުންކުރުމުން، މެލޭޝިއާ ދަތުރު ލިބޭ ލަކީޑްރޯގައި އޮޓޮމެޓިކުން ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، އައިނު ހައްދާ ފަރާތްތަކަށް ބޯނަހެއްގެ ގޮތުގައި 500 ރުފިޔާގެ ގިފްޓް ވައުޗަރެއް ވެސް ލިބޭނެއެވެ. ދެ ހަފުތާގެ މުއްދަތެއްގައި ބޭނުންކުރެވޭ މި ވައުޗަރު އާއިލާއާއި އެކުވެރިންނަށް ވެސް ހަދިޔާކުރެވޭނެއެވެ. މި ޕްރޯޝަނުގެ ގްރޭންޑް ޕްރައިޒް ކަމަށްވާ މެލޭޝިއާގެ ދެ ޓިކެޓުގެ އިތުރަށް، ހޮޓަލެއްގައި ތިން ދުވަހަށް ތިބުމުގެ ޚަރަދާއި އެހެނިހެން ޚަރަދަށް 500 ޑޮލަރުވެސް ނަސީބުވެރި ފަރާތަށް ލިބޭނެއެވެ. އައިކެއާއިން މި ދެނީ ފެންވަރު ރަނގަޅު އައިނު ހެދުމުގެ ޚިދުމަތުގެ އިތުރުން، ބޮޑެތި ޑިސްކައުންޓުތަކާއި އާއިލާ އާއި ރައްޓެހިންނަށް ހަދިޔާއެއް ދިނުމުގެ ފުރުސަތާއެކު، ހަނދާނުން ފޮހެނުލެވޭ ފަދަ ޗުއްޓީއަކަށް ވެސް ދިޔުމުގެ ފުރުސަތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ގާއިމުކޮށްފައިވާ އައިކެއާ އޮޕްޓިކަލްސްގެ ކޮންމެ އައުޓްލެޓަކަށް ޒިޔާރަތްކޮށްގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭއިރު، މިއީ ކަސްޓަމަރުން އަބަދުވެސް އައިކެއާއަށް ކުރާ އިތުބާރަށް ޝުކުރުވެރިވުމުގެ ގޮތުން ފަށައިފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 30ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ