ުީޔޫކޭ އާއި އޮސްޓްރޭލިއާ އާއި ކެނެޑާއިން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފި ުީޔޫކޭ އާއި އޮސްޓްރޭލިއާ އާއި ކެނެޑާއިން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފި

ތާރީހީ ނިންމުމެއްގައި، އިނގިރޭސިވިލާތް (ޔޫކޭ) އާއި އޮސްޓްރޭލިއާ އާއި ކެނެޑާއިން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަންނަން މިއަދު ނިންމައިފި އެވެ.
މި ތިން ގައުމު ގުޅިގެން ފަލަސްތީނު ބަލައިގަންނަން ނިންމިއިރު، މިއީ ދެ އަހަރު ވާން ގާތްވެފައިވާ ގާޒާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާ މެދު ދުނިޔެ ނުރުހުންވެ، އިޒްރޭލާ މެދު ހުޅަނގުގެ ގައުމުތަކުން ގެންގުޅުނު ޒަމާންވީ ސިޔާސަތު ބަދަލުވަމުންދާ ކަން އަންގައިދޭ ކަމެކެވެ.
މީގެ ކުރިން ހުޅަނގުގެ ގައުމުތަކުން ވަނީ ޒަމާނުއްސުރެން ރާއްޖެ ހިމެނޭހެން ފަލަސްތީނުގެ މިނިވަންކަން ބަލައިގެންފައިވާ ގައުމުތަކުން ގެންގުޅޭ "ޓޫ ސްޓޭޓް ސޮލިއުޝަން" އަށް ދެކޮޅު ހަދާފަ އެވެ.
މި ނިންމުމާ ގުޅުވާ، އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓޭމާ ވިދާޅުވީ މިއީ މެދުއިރުމަތީގައި ބޮޑުވަމުން އަންނަ ބިރުވެރިކަމުގެ ކުރިމަތީގައި، ރައްކާތެރި އިޒްރޭލަކާއި ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އޮތުމުގެ ފުރުސަތު ދިރުވައި އާލާކުރުމަށް ނިންމިނިންމުމެއް ކަމަށެވެ.
"މި ވަގުތު އަޅުގަނޑުމެންނަށް އެއިން އެއްވެސް ކަމެއް ނެތެވެ. އިސްރާއީލާއި ފަލަސްތީނުގެ އާދައިގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު އުޅެން ހައްގު." އޭނާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނޭސޭގެ ވާހަކަތައް ވެސް މި މޭރުމުން ބައްޓަން ކުރައްވަމުން ވިދާޅުވީ މިއީ އެ ގައުމުން އަބަދު ވެސް ވަކާލާތުކުރަމުން އައި ގޮތަށް ދެ ދައުލަތް އޮންނަން އިތުރު ބާރެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ.
ޔޫކޭ އާއި އޮސްޓްރޭލިއާ އާއި ކެނެޑާއިން މިކަން ނިންމުމުގެ ކުރިން، ސްޕެއިން އާއި ފަރަންސޭސްވިލާތް (ފްރާންސް) އިން ވެސް ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމާފަ އެވެ. މި ގައުމުތަކާއެކީ ފަލަސްތީނު ބަލައިގަންނަ އދ. ގެ މެންބަރު ގައުމުތަކުގެ އަދަދު ވަނީ 75 ޕަސެންޓުން މައްޗަށް ޖެހިލާފަ އެވެ.
އޭގެ އިތުރުން، މިއީ އެމެރިކާއިން މި ނިންމުމާ ދެކޮޅު ހަދަމުން ދަނިކޮށް ނިންމިނިންމުމެކެވެ. އެމެރިކާ އާއި އިޒްރޭލުން ވެސް ބުނަނީ މިއީ ހަމާސްގެ އަނިޔާވެރިކަމަށް ހުޅަނގުގެ ގައުމުތަކުން ދޭ އިނާމެއް ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ މިނިވަންކަން ބަލައިގަތް ހުރިހާ ގައުމަކުން ވެސް ބުނަނީ، ފަލަސްތީނުގެ މުސްތަގުބަލުގައި ހަމާސްގެ އެއްވެސް ދައުރެއް އަދި އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ