ސަރުކާރު ޖަވާބުދާރީ ކުރުވަން އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތްކުރަން އަދާލަތު ޕާޓީ ތައްޔާރު!

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެހެން ޕާޓީތަކާ ގުޅިގެން އަދާލަތު ޕާޓީއަށް މަސައްކަތް ކުރެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ސަރުކާރު ހަމަމަގުން ކައްސާލާފައިވާ ކަމަށެވެ."ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެންވެސް ޤަބޫލޫކުރަން،" އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު "ޓްރެކުން" ކައްސާލާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަދައިން އިދިކޮޅު ޕާޓީތަކުގެ ޒިންމާއެއް ކަމަށެވެ.އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި ވެސް ދައުރު ނިމެންދެން އަދާލަތު ޕާޓީ އޮތެވެ. އަދި، ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވިިއިރު ވެސް ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އަދާލަތު ޕާޓީ ދެމި އޮތެވެ. އިންތިހާބުގެ ދަވަނަ ބުރު ޖެހުނުއިރު އެމްޑީޕީއާ އެކު އޮތް ހަމައެކަނި ޕާޓީއަކީ ވެސް އެއީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ