މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އިންޒާރު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު އިންޒާރު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ އިންޒާރު ނެެރެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ވ އަތޮޅުގެ ރަށްތަކަށެވެ.
މެޓްގެ އެލާޓްގައި ބުނެފައި ވަނީ، މި ސަރަހައްދުތަކަށް މިރޭ ވާރޭވެހޭނެ ކަމަށާއި، ގުގުރުންވެސް އެކަށީގެންވާ ކަަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
މެޓް އޮފީހުން އިންޒާރު ނެރެފައި ވަނީ މިރޭ 12:00 ގެ ނިޔަލަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަަކަށް މޫސުން ގޯސްވެދާނެކަމަށް މެޓް އޮފީހުން ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ