އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަން ބޭނުން ނުވާ މީހުންނަށް ވާގިވެރިވެ އެހީތެރިވުމަކީ ޙަރާމް ކަމެއް: ޑރ އިޔާޟް

އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަން ބޭނުން ނުވާ މީހުންނަށް ވާގިވެރިވެ އެހީތެރިވުމަކީ ޙަރާމް ކަމެއް ކަމަށް ޑރ އިޔާޟް ވިދާޅުވެއްޖެއެވެ.ޑރ މުހައްމަދު އިޔާޟް އަބްދުއްލަތީފް އިއްޔެ ވިދާޅުވީ “އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރަން ބޭނުން ނުވާ މީހުންނަށް ވާގިވެރިވެ އެހީތެރިވުމަކީ ޙަރާމް ކަމެއްކަމުގެ ދަލީލު ސޫރަތުލް މާއިދާގެ 49 އަދި 50 ގައި މާތް ﷲ ވަޙީ ކުރައްވާފައިވާ”ކަމަށެވެ. އަދި “ﷲ ގެ ޝަރީޢަތް ތަންފީޛު ކުރުމަށް އިންކާރު ކުރާ މީހުންނަކީ ދީނުން ބޭރުވެފައިވާ ކާފިރުބަޔެއްކަން ބަޔާން ކުރެއްވުމަށްފަހު، ދެން މާތްﷲ މިއަންގަވަނީ އެފަދަ މީޙުންނާ ބައިވެރިވެ، ވާގިވެރިވުމުގެ ހުރި ނުރައްކާތެރިކަން”ކަމަށާއި “ޙައްގުގޮތުގައި މުއިމިނުން ކަމުގައިވަނީނަމަ ﷲ އަށް ތަގްވާވެރިވުމަށް ވަނީ އަމުރު ކުރައްވާފައިވާ”ކަމަށެވެ.ސޫރަތުލް މާއިދާގެ 49 އަދި 50 އާޔަތުގެ މާނާގައިވަނީ “އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށްعقوبات ދެއްވުމަށެވެ. އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިިނަމީހުންނީ فاسق ންކަން ކަށަވަރެވެ. ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟” މިފަދައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ