އަފްރާޝީމް މަރާ ގުޅިގެން ހައްޔަރުކުރި ކުއްޖާ ގޭ ބަންދަށް ދޫނުކުރާކަމަށް ކޯޓުން ހާމަކޮށްފި
ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ކުޑަކުއްޖާ ކޯޓު އަމުރަށް ގޭ ބަންދަށް ދޫކޮށްފައިވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަ ޖުވެނައިލް ކޯޓުން ދޮގުކޮށްފިއެވެ.މިކަމާގުޅިގެން ޖުވެނައިލް ކޯޓުގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ހާމަކޮށްފައިވާ ގޮތުގައި އެ ކުއްޖާގެ މައްޗަށް ހިނގާ ޝަރީއަތް ނިމެންދެން އެ ކުއްޖާ ބަންދުގައި ބަހައްޓަން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކޯޓުން އަމުރު ނެރެފައިވާ ކަމަށާ މިހާތަނަށް ވެސް އެ އަމުރަށް ކޯޓުން ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.ގޭ ބަންދަށް ދޫކޮށްފައިވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަ ޖުވެނައިލް ކޯޓުން ދޮގުކޮށްފައި ވާއިރު، ފުލުހުން ވެސް ބުނެފައި ވަނީ އެ ކުއްޖާ ބަންދުގައި ބަހައްޓަން ކޯޓުން ނެރެފައިވާ އަމުރާ ހިލާފްވެފައިނުވާނެ ކަމަށެވެ.ތަހުގީގަށާއި ކޯޓަށް ދޮގު ހެކި ދިން ކަމަށް ބުނެ ދައުލަތުން އެ ކުއްޖާގެ މައްޗަށް ދޮގު ހެކިދިނުމުގެ ދައުވާއެއް އުފުލާފައި ވާއިރު، އެ ކުއްޖާ ވަނީ އެކަމަށް ޝަރީއަތުގައި އެއްބަސް ވެސް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ