މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން - މައުމޫން

މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އާދައިގެ ކަންކަމުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި އެފަދަ ކަންކަމުގައި މަޝްވަރާކޮށް ހެދުމަކީ ވަގުތު ގެއްލޭ ވަރަށް ބޭކާރު ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާތީއެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ ކުރުމަކީ ޑިމޮކްރެސީގެ އެންމެ ވަރުގަދަ ތަނބު ކަމަށާއި މަޝްވަރާ ކުރުމުގެ މުހިއްމުކަން ގުރުއާނުގައި ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އިއްޔެ ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޝްވަރާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ނިމި، އެނގި، ފާޅުވެފައި ހުރި ކަންކަމުގައި އިތުރަށް މަޝްވަރާކުރުމަކީ ވަގުތު ނަގާލުން ކަމަށެވެ.
"ވަގުތު ނަގާލުމަކީ ކުރެވޭ އެންމެ ބޮޑު އިސްރާފް. އެކަމެއް ނުކުރެވޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
އާދައިގެ ކަންކަމުގައި މަޝްވަރާ ނުކުރެއްވި ނަމަވެސް މި ސަރުކާރަށްވުރެ ވުރެ ބޮޑަށް ކަންކަމުގައި މަޝްވަރާ ކުރި ސަރުކާރެއް ނޯންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ