ކެންގަރޫ ކިޑްސް ސްކޫލް ފަޅާލައި 4 ލެޕްޓޮޕް ވަގަށް ނަގައިފި

ކެންގަރޫ ކިޑްސް ހުސެއިނިއްޔާ ޕްރީ ސްކޫލް ފަޅާލައި އެތަނުން 4 ލެޕްޓޮފް ވަގަށް ނަގައިފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގުން އެ ސްކޫލަށް ވަދެފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
ކެންގަރޫ ކިޑްސް އިން ވާހަކަ ދެއްކި މުވައްޒަފަކު ބުނި ގޮތުގައި މިހާތަނަށް ބެލިބެލުމުން 4 ލެޕްޓޮޕް ވަގަށް ނަގާފައިވާކަން އެނގޭ ކަމަށާއި އިތުރު އެއްޗެއް ގެއްލިފައިވޭތޯ ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.
ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ސްކޫލުން ވައްކަން ކުރި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. އެހެން ނަމަވެސް މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ