އއ ރަސްދޫގައި ހުންނަ ޑައިވިންގ ސްކޫލްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެތަން އެއްކޮށް އަނދާ ހުލިވެއްޖެ އެވެ.
ރޭ 2:45 އެހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ޑައިވިންގ ސްކޫލް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަދި އެތަނުގައި ގޭސް ސިލިންޑަރު ފަދަ ތަކެތި ހުރުމުން އެމްއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއުޓީމަށް ދެވެންދެން އެއްވެސް މީހަކު އެތަނަށް ވަދެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުންބުނީ 50 ފޫޓް 50 ފޫޓް ރަސްދޫ ސްކޫބާއަކީ ރާނާ ވަށައިގެން ފިލާ ޖަހާފައިވާ ތަނެއް ކަމުގައެވެ. އަދި އަލިފާނުގެ ހާދިސާގައި ތަން ބޭނުން ކުރުރެވޭވަރަށް އަނދާފައިވާއިރު ޖެހިހެން ހުރި ބީއެމްއެލްގެ އިމާރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން ގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރަސްދޫ ޑައިވިންގ ސްކޫލް އަނދާ ހުލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ