އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނެޝަނަލް އިންޓަގްރިޓީ ކަމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 31 ޖަނަވަރީ ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިއުލާންކުރާ ކަމަށެވެ.
އިއުލާނުގައި ވަނީ އެންއައިސީގެ މެމްބަރަކަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތައް އެ އިއުލާނުގައި ވަނީ ހިމަނާފައެވެ. 
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެމުއައްސަސާގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު ކޮމިޝަންގެ ރައީސްގެ މަގާމުންނާއި މެމްބަރުންގެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.
އެންއައިސީގެ ރައީސްގެ މަގާމުންނާއި މެމްބަރުކަމުގެ މަގާމުން މާނިއު ވަކިކޮށްފައި ވަނީ އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ