ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ތިން މެންބަރަކު ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން މެމްބަރަކު އެ ބޭފުޅުން މެންބަރުކަމުން ވަކި ނުވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މެމްބަރުކަމުން ދިހަ ބޭފުޅަކު ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ވަނީ ނިންމާފައެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އޭގެ ތެރެއިން ތިން ބޭފުޅުން ކަމަށްވާ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދެވެ.
އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. އެމައްސަލަ އަދި ސުޕްރީމް ކޯޓަށް ބަލައިގަތް ކަމެއް ސާފެއް ނުވެއެވެ.
ކުރިން ޕީޕީއެމްގައި ތިއްބެވި އެ ތިން ބޭފުޅުން މެންބަރުކަމުން ވަނިވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން އެ ބޭފުޅުން ޕީޕީއެމް އިން ވަކިކުރަން ނިންމި ކަމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމުންނެވެ.
މިހާތަނަށް ގޮނޑި ގެއްލުނު ހުރިހާ މެމްބަރުންނަކީ ވެސް ޕީޕީއެމްގައި ތިއްބެވުމަށް ފަހު ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން އެޕާޓީ އިން ވަކިކުރި ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ