ރ.މަޑުއްވަރީ ސްކޫލް 8 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރަނީ

ރ.މަޑުއްވަރީ ސްކޫލް 8 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ.
މިއަދު ސޮއި ކުރެވިގެން ދިޔައީ ރ.މަޑުއްވަރީ ސްކޫލް 8 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައެވެ.
މިއީ PSIP 2019 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއިއެވެ.
އެފަރާތުން ހުށަހަޅުއްވާފައިވަނީ 10,958,316.38/-( ދިހަ މިލިއަން ނުވަލައްކަ ފަންސާސް އަށް ހާސް ތިންސަތޭކަ ސޯޅަ ރުފިޔާ ތިރީސް އަށް ލާރި) އަށް މި މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
އެހެންކަމުން 2020 ވަނަ އަހަރު ޖޫން މަހުގައި މި މަސައްކަތް މުޅިން ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހީމްއެވެ.
އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަހުމަދު ފިރާޤްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ