އެހެން އަހަރުތަކާއި އަޅަ ބަލާއިރު މިއަހަރު ފިތުރު ޒަކާތް ދައްކާ މީހުން ވަރަށް މަދު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާތަނަށް ޒަކާތް ދެއްކި މީހުންގެ އަދަދު ކުރީ އަހަރުތަކަށްވުރެ މަދުކަމަށާއި، ފަހު ވަގުތަށް މަޑުނުކުރައްވާ ފިތުރު ޒަކާތް އަވަހަށް ދެއްކުމަށް ސަމާލުވުން މުހިންމުކަމަށެވެ. މިނިސްޓަރ ވަނީ ފައިސާއާއި ގޮވާމުންވެސް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.އިސްލާމިކް މިނިސްޓްރީން ބުނީ މިރަމަޟާންމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި އަށްލައްކަ ނުވަދިހަ ނުވަހާސް އެއްތިރީސް ރުފިޔާ ލިބިފައިވާކަމަށެވެ. އެއީ ވިހާސް އަށްސަތޭކަ ފަސްދޮޅަސް ދެ މީހުން ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަންވަނީ ފަށާފައެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ވަނީ ގޮވާމުން ވެސް ޒަކާތް ބަލައިގަންނަން ފަށާފައެވެ.
މިއަހަރު ފިތުރު ޒަކާތް ދައްކާ މީހުން ވަރަށް މަދު: މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ