ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސްކޮށްލުމާއެކު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.
ވީ ކިހިނެއް؟ - ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ދަނީ ކުރަމުންނެވެ. އެކަމަކު މެދު ރާއްޖެ ތެރެއަށް މިއަދު ހެނދުނުން ފެށިގެން މޫސުން ވަނީ ގޯސްކޮށްލާފަ އެވެ.
މެޓު އޮފީހުން ބުނިގޮތުގައި:
ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް، ގުގުރުމާއެކު ވަރަށް ބޯކޮށް ވާރޭ ވެހޭނެ
މިއަދު 11:30 އާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ
ބޯކޮށް ވާރޭ ވެހިއްޖެ ނަމަ، ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރު ވަރަށް ފެން ބޮޑުވެ އެވެ.
މި ވިއްސާރައިގައި ކަނޑުތައް ވެސް ވަރަށް ގަދަ އެވެ. އެހެންވެ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ބަލައިގެން ދަތުރުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.
ރީނދޫ އެލާޓާއެކު ވިލާގަނޑުގެ ބާރުގަދަކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ