ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވައިގެން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކުރުމަށް ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެންމެ ފަހު މީހާއާ ޖެހެންދެން މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމުން ބާއްވަމުން ގެންދިޔަ "މަގޭ ފުލެޓު ކޮބާ" މުޒާހަރާގެ ތެރެއިން މެންބަރު ސެންބެ ދިޔަރެސްއަށް ދެއްވި ބަސްދީގަތުމެއްގައި ސެމްބެ ވިދާޅުވީ އެޗްޕީއޭއަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވި ކަމަށެވެ. އަދި ޤައުމު އެޗްޕީއޭގެ ޑިރެކްޓަރު މައިމޫނާ އަބޫބަކުރުގެ އަތްމައްޗަށް ދޫނުކުރެވޭނެ ކަމަށް ރައްޔިތުން ބުނި ނަމަވެސް ރައީސް ޞާލިޙުވަނީ ޒިންމާއިން ރެކިވަޑައިގެން ޤައުމު އެޗްޕީއާ ހަވާލުކުރައްވާފައި ކަމަށް ސެންބެ ވިދާޅުވިއެވެ.
އަދި ރައީސް ޞާލިޙުވަނީ ދުނިޔޭގެ އެހެން ހުރިހާ ޤައުމަކާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ޤާނޫނު އަސާސީން އެޅިފައިވާ ޒިންމާ ނުނަންގަވައި އެ ޒިންމާ އެޗްޕީއޭގެ އަތްމައްޗަށް ދޫކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ސެމްބެ އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުވެސް މައިމޫނާގެ އަތްމައްޗަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެޗްޕީއޭ ސިޔާސީވެފައިވާ މިންވަރު ވަރަށް ބޮޑަށް ހުރިހާ ރައްޔިތުންނަށް ފެނިވަޑައިގެންނަވާނެ ކަމަށެވެ.
އާބާދީ ބޮޑެތި ޤައުމުތަކުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުވަމުންދާއިރު މި ޤައުމުގައި އަދަދުތައް އިތުރުވުމަކީ ސުވާލު އުފެދޭ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ބޭނުންވަނީ ޤައުމު މިހެން ބާއްވައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވައިގެން އިންތިޚާބު ކާމިޔާބުކުރަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަދި އެގޮތަށް އެކަން ކުރުމުގެ ޖާގަ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ނުދޭނެ ކަމަށާއި އެންމެ ފަހު މީހާއަށް ޖެހެންދެންވެސް ސަރުކާރު ޖަވާބުދާރީކުރުވުމުގައި އިދިކޮޅު ކޯލިޝަން ދެމި އޮންނާނެ ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.
އެޗްޕީއަށް ޤައުމު ދޫކޮށް އިންތިޚާބަށް ނުފޫޒު ފޯރުވަން ޖާގަނުދޭނަން: ސެމްބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ